ކުރިޔަށް އޮތް ދެ އަހަރު ތެރޭގައި އާރުޓީއެލްގެ ޚިދުމަތް މުޅިރާއްޖެއަށް ފުޅާކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުގެ 61 ވަނަ އަހަރީދުވަހުގެ މުނާސަބަތުގައި ގެނެސްދިން ބާއްޖަވެރި ހެނދުނެއް ޕްރޮގްރާމްގައި މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ ކުރީ ސަރުކާރުން ފަށާފައިހުރި ރައްޔިތުންނާ ގުޅުންހުރި މަޝްރޫޢުތައް މިސަރުކާރުން މަޑުޖެހުމެއްނެތި ކުރިއަށް ގެންދަވާނެ ކަމަށެވެ.

އެގޮތުން އާރުޓީއެލް ފެރީ ނިޒާމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ގިނަވެގެން ކުރިޔަށް އޮތް ދެ އަހަރެއްގެ ތެރޭގައި މުޅިރާއްޖެއަށް ޚިދުމަތް ފުޅާކުރެވޭނެކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ތިލަމާލެ ބްރިޖުގެ މަސައްކަތްވެސް މިހާރުގެ ޝެޑިއުލްއަށްވުރެ އަވަހަށް ނިންމުމަށް ބާރުއަޅައި ކުރެވެމުންދާ މަސައްކަތްތަކަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުވާލެއްވިއެވެ.

ރައީސް ޞާލިޙްގެ ސަރުކާރުގެ ދަތުރުފަތުގެ ސިޔާސަތު ތަންފީޒު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ތަޢާރަފް ކޮށްފައިވާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" ގެ މަސައްކަތް އެ ސަރުކާރުގެ ދައުރު ހަމަވީއިރު އެއްކޮށް ނިންމާލެވިފައެއް ނުވެއެވެ.

އާރުޓީއެލް ފެރީގެ ޚިދުމަތް ކުރިއަށް ގެންދަނީ މުޅި ރާއްޖެ 6 ޒޯނަކަށް ބަހާލައިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން