އަޙްމަދު އަސްހަމް ޢަބްދުލްޢަޒީޒު   2 ޖެނުއަރީ 2024 - 1:40
އާޒިމާ ހުޅުމާލޭގައި ދޮރުން ދޮރަށް ކުރި ކެމްޕެއިންގެ ތެރެއިން
އާޒިމާ ހުޅުމާލޭގައި ދޮރުން ދޮރަށް ކުރި ކެމްޕެއިންގެ ތެރެއިން
މާލެއަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލު ކުރެވޭނީ އައިޝަތު އާޒިމާ ޝަކޫރު ފަދަ ތަޢުލީމީ ތަޖުރިބާކާރު ގާބިލު ބޭފުޅަކު މާލޭގެ މޭޔަރު ކަމަށް ހިވައިގެން ކަމަށް ޓޫރިޒަމް މިނިސްޓަ އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ މޭއަރު ކަމަށް ޕީޕީއެމް، ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އައިޝަތު އާޒިމާ ޝަކޫރު މިއަދު ވަނީ ހުޅުމާލޭގެ ސަރަހައްދު ތަކުގައި ދޮރުން ދޮރަށް ހިންގަވައި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ އަޑު އައްސަވައި ކެމްޕޭން ކުރައްވާފައެވެ. މިކެމްޕޭންގައި އެކަމަނާއަށް ބޮޑު ތަރުހީބެއް ލިބިފައިވާކަން ފާހަގަ ކޮށްލެވެއެވެ.

ކައުންސިލް އިންތިހާބާއި ގުޅިގެން އާޒިމާ ހުޅުމާލޭގެ ދޮރުން ދޮރަށް ހިންގަވައި ކުރެއްވި ކެމްޕެއިނާއި ބެހޭގޮތުން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެފައިވަނީ މާލޭގައި ހުރި ބޮޑެތި މައްސަލަތައް ހައްލު ކުރެވޭނީ އާޒިމާ ފަދަ ތަޢުލީމީ ގާބިލު ތަޖުރިބާކާރު ބޭފުޅަކު މާލޭގެ މޭޔަރު ކަމަށް އިންތިހާބު ކޮށްގެން ކަމަށެވެ.

ފައިސަލް އިތުރަށް ވިދާޅުވެފައިވަނީ އާޒިމާއަކީ ސަރުކާރު އޮފީސްތަކުގައި ވެސް ފާހަގަކޮއްލެވޭ މަސައްކަތްތަކެއް ކުރައްވާފައިވާ ކަނބަލެއް ކަމަށާއި އެކަމަނާއަކީ ވަރަށް ތަޖުރިބާ ހުރި ކެންޑިޑޭޓެއް ކަމަށެވެ.

ހުޅުމާލޭގައި މިއަދު އާޒިމާ ކުރިއަށް ގެންދެވި މި ހަރަކާތަށް ރައްޔިތުންގެ ފަރާތުން ވަރަށް ހޫނު ތަރުހީބެއް ލިބިވަޑައިގެންފައި ވާއިރު އާޒިމާގެ ކެމްޕެއިންގައި މާލޭގައި ކުރިއަށް ގެންދާ ދޮރުން ދޮރަށް ހިންގެވުމުގެ ހަރަކާތަށްވެސް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން ފާހަގަ ކުރެވެއެވެ.

އާޒިމާއަކީ މިސަރުކާރު ހިންގާ ޕީޕީއެމް، ޕީއެންސީގެ ފަރާތުން މޭޔަރު އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓެވެ. އަދި އެކަމަނާއަކީ ރައީސް ޑޮކްޓަރ މުޙައްމަދު މުއިއްޒުގެ ތާއީދުވެސް ލިބިވަޑައިގެންފައިވާ ކެންޑިޑޭޓެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން