ޗާގޯސް އޮންނަ ސަރަހައްދު--
ޗާގޯސް އޮންނަ ސަރަހައްދު--
ރާއްޖެ-މޮރިޝަސް ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުން ރާއްޖެއަށް ގެއްލުނު ސަރަހައްދު ހޯދުމަށް ބޭރުގެ ކަމާބެހޭ ދެ މާހިރުންނާ އެ މަސައްކަތް ހަވާލުކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް އެ މައްސަލަ ހުށަހެޅުމަށް ކުރަން ޖެހޭ މަސަައްކަތް ކުރުމަށް މިހާރު ހާއްސަ ކޮމިޓީއެއް އެކުލަވާލައިފައިވާ ކަމަށެވެ.

އެ ކޮމިޓީގައި އެޓާނީ ޖެނެރަލް އޮފީހުގެ ވަކީލުންނާއި ފޮރިން މިނިސްޓްރީއާއި ޑިފެންސް މިނިސްޓްރީގެ ބައިވެރިވުންވެސް އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ކޮމިޓީ ލީޑު ކުރާނީ އެޓާނީ ޖެނެރަލްގެ އޮފީހުން ލީޑުކުރާ ފަރާތަކުން. ބޭރުގެ އެކްސްޕާން އައިޑެންޓިފައި ކުރެވި އެ މަސައްކަތް މިހާރު ވަނީ އެ ބޭފުޅުންނާ ހަވާލުކުރެވިފައި. 'ބޭރުގެ އެކްސްޕާޓުންގެ ގޮތުގައި ހަރަކާތްތެރިވަނީ ޔޫކޭގެ ކިންގްސް ކައުންސިލްއެއް، އަދި މޯލްޓާގެ ލޯ އޮފް ދަ ސީޒްގެ ޕްރޮފެސާއެއް." ނާޒިމް ވިދާޅުވި އެވެ.

ނާޒިމް އިތުރަށް ވިދާޅުވީ މޯލްޓާގެ ޕްރޮފެސަރު ރާއްޖެއަށް ވަރަށް އަވަހަށް ވަޑައިގަންނަވާނެ ކަމަށާއި އެ ބޭފުޅާގެ ރިޕޯޓް މި މަހުގެ މެދު ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަތްޕުޅަށް އަރުއްވާނެ ކަމަށެވެ. އަދި ޔޫކޭގެ ރިޕޯޓް ވެސް އަންނަ މަހު ކެބިނެޓަށް ލިބޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ރާއްޖެއާއި މޮރިޝަސްއާ ދެމެދު އޮންނަ ކަނޑުގެ ސަރަހައްދު ނުވަތަ އައްޑޫގެ ދެކުނުން އޮންނަ ފުށު އަރާ ކަނޑުގެ ސަރަހައްދުގެ އިން، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ވަކިކުރުމުން ރާއްޖެއަށް ގެއްލުނު ބައި ހޯދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަފްތާ 14 ގެ ތެރޭގައި ހިމެނޭ އެއް ވައުދެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން