ދިވެހި ޒުވާނުންގެ މެދުގައި "ހެވީ މެޓަލް: އަދި "ރޮކް މިއުޒިކް" މަޝްހޫރު ކޮށްދިން އަހުމަދު ފަސީހުގެ ދަރިފުޅު، ޖާވިދު އަހުމަދު ފަސީހު (ޖާ) ވެސް ބައްޕަގެ ފަހަތުން މިއުޒިކްގެ ދުނިޔެއަށް ވަދެއްޖެ އެވެ.
މެލޭޝިއާގައި ދިރިއުޅެމުންދާ ޖާ މިހާރު ވަނީ އަމިއްލަ އަލްބަމެއް ވެސް ނެރެފަ އެވެ.
"ޑޯގް އީޓް ޑޯގް" ގެ ނަމުގައި ނެރުނު އަލްބަމްގައި 10 ލަވަ ހިމެނޭއިރު އެ ލަވަތަކުގެ މިއުޒިކު ހަދައި ލަވަތައް ކިޔާފައި ވަނީވެސް ހުދު ޖާ އެވެ.
ޓިކްޓޮކްގައި އޭގެ ބައެއް ލަވަތައް އަޑުއިވޭއިރު ޖުމްލަކޮށް ލިބުނު ތަރުހީބު ރަނގަޅު ކަމަށް ޖާ ބުންްޏެވެ.
"އިންޑީ ރޮކް ސްޓައިލަކަށް ލަވަތައް ހުންނާނީ" ޖާ "ރަސް" އަށް މައުލޫމާތު ދެމުން ބުންޏެވެ.
ޖާ ބުނީ ކުރިއަށް އޮތް ތަނުގައި ވެސް އޭނާގެ ލަވަތައް ފެންނާނެ ކަމަށެވެ.
މިއުޒިކް ތެރޭގައި އުޅުނު ނަމަވެސް އޭނާ މިހާރު ތައްޔާރުވަމުން ދަނީ "ކަލިނަރީ އާޓްސް" އިން މަތީ ތައުލީމު ހާސިލު ކުރުމަށެވެ.
ޖާ ބުނާ ގޮތުން ކެއްކުމަށް ހިތްޖެހުނީ ކޮވިޑްގެ ތެރޭގައި ގޭ ބަންދުވެފައި ތިބި ދުވަސް ވަރުގެ ތެރެއިން ނެވެ.
ޖާ އަލްބަމެއް ނެރުނު އިރު އޭނާގެ ބައްޕަ ފަސީ ވަނީ މިދިޔަ އަހަރު މެދުތެރޭގައި އަލްބަމެއް ނެރެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު