ކުރިއަށް އޮންނަ ރައްޔިތުންގެ މަޖިލީސް އިންތިޚާބުގައި ވާދަކުރައްވާ ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމްގެ ފޯމް އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހަޅުއްވައިފިއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީސް އިންތިޙާބުގައި އދ. މާމިގިލީ ދާއިރާގެ ގޮނޑިއަށް ވާދަ ކުރައްވަން އިޢުލާންކުރައްވާފައިވާ ގާސިމްގެ ފޯމް މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަޅާފައިވަނީ ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު އަޒްލީންއާއި ޕާޓީގެ ތަރުޖަމާނު ޢަލީ ސޯލިހްއެވެ.



ރާއްޖޭގައި ތިން ވަނައަށް އެންމެ ބޮޑު ޕާޓީ، ޖޭޕީގެ ލީޑަރ ގާސިމް ވަނީ މަޖިލީހުގައި މެދުނުކެނޑި 3 ދައުރެއްގައި މާމިގިލީ ދާއިރާ ތަމްސީލް ކުރައްވާފައެވެ. މިހާރުވެސް ގާސިމް ގެންދަވަނީ މަޖިލީހުގައި މާމިގިލި ދާއިރާގެ މެންބަރުކަން ކުރައްވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ގާސިމް އެންމެ ފުރަތަމަ ފެނިގެން ގޮސްފައި ވަނީ 1990 ވަނަ އަހަރު ގައެވެ. 28 މެއި 2009 އިން ފެށިގެން މެދުނުކެނޑި 14 އަހަރަށް ވުރެ ގިނަ ދުވަހު މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަސައްކަތްކުރެއްވުމުގެ ޝަރަފް ހާސިލުކުރައްވާފައިވާ ގާސިމް ވަނީ މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައެވެ. އަދި މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ އެކުލަވާލާ ފާސްކުރި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ރައީސްކަން ވެސް ގާސިމު ވަނީ ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން