ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބޭރުގެ ކުންފުންޏެއް ކަމަށްވާ ޖީއެމްއާރަށް ދިނުމަށް ނަޝީދުގެ ސަރުކާރުން ނިންމި ނިންމުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ކައުންސިލް އިންތިހާބުގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ، އެއީ ވެރިކަން ކުރަން ތަސައްރަފު ނުފުދޭ ބަޔަކު ގައުމު "ފުނޑާލުމަށް" ކުރި ކަމެއް ކަމަށެވެ.
ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާ ފަދަ އެއްވެސް ކަމެއް ކުރަން ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވަމުން ގާސިމް ފާހަގަކުރެއްވީ، އެއާޕޯޓް ބޭރު ބަޔަކަށް ދިނުމާ ދެކޮޅަށް އެންމެ ފުރަތަމަ މަގުމައްޗަށް ނުކުމެ ވަކާލާތު ކުރީ އެ ބޭފުޅުން ކަމަށެވެ. އަދި ޑރ. ވަހީދުގެ ސަރުކާރުން އެއާޕޯޓް އަނބުރާ ދިވެހިންނަށް ހޯދައިދިނީ ބޮޑެތި ގުރުބާނީތަކެއް ވެގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު