ރިސޯޓުތަކަށް ލިބޭ ޑޮލަރުގެ ވަކި ޕަސެންޓެއް ރާއްޖޭގެ ބޭންކްތަކަށް މާރުކުރަން ލާޒިމްކޮށް، ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ތަންފީޒު ކުރަން ފެށުމުން، ބައެއް ބޮޑެތި ރިސޯޓުތައް ހިންގަން ދަތިވާ ކަމަށް ބުނެ މުވައްޒަފުންނަށް ދޭ ސަރވިސް ޗާޖް، ދިވެހި ފައިސާ އިން ދޭން ނިންމުމަކީ ހައްގު ނިންމުމެއް ނޫންކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރާއްޖޭގެ ފަތުރުވެރިކަމާބެހޭ ދާއިރާގެ ތަޖުރިބާކާރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހާއެކު މިދިޔަ ޖެނުއަރީ މަހުން ފެށިގެން ޑޮލަރު މާރުކުރުމުގައި "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކަށް ލިބޭ އިހުތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަހެއްގެ ޖުމްލަ އާމްދަނީގެ 20 ޕަސެންޓަށްވާ ޑޮލަރު ރާއްޖޭގެ ބޭންކަކުން މާރުކުރުމެވެ. "ކެޓެގަރީ ބީ" ގެ ދަށުން ގެސްޓް ހައުސްތަކުން، ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަސް ދުވަހުގެ އާމްދަނީގެ 20 ޕަސެންޓް ޑޮލަރު މިއުސޫލުން މާރުކުރަން ޖެހޭނެ ކަމަށް ވެސް ގާނޫނުގައި ކަނޑައަޅާފައިވެއެވެ.
އެ ބަދަލު ގާނޫނަށް ގެނައިތާ ދުވަސްތަކެއް ވެފައިވަނިކޮށް، ރާއްޖޭގައި ގިނަ އަދަދެއްގެ ރިސޯޓު ހިންގާ ޔުނިވަރސަލުން ވަނީ ޑޮލަރުގެ ދަތިކަން ދިމާވަމުންދާކަމަށް ބުނެ މުވައްޒަފުންނަށް ދެން ސަރވިސް ޗާޖް ދޭނީ ދިވެހި ރުފިޔާއިން ކަމަށް ބުނެފައެވެ.
ރާއްޖޭގައި ފަތުރުވެރިކަމުގެ ވިޔަފާރި ފެށުނީއްސުރެ މާލެ ސަރަހައްދުގެ ރަށްތައް އެކި ވެރިކަންތަކުގައި އެކި އުސޫލުން އެކި އަގުތަކުގައި ކުއްޔަށް ނަގައިގެން އެވިޔަފާރީގެތެރެއިން އެންމެ ބޮޑު ނަފާއެއް ހޯދައިގެން މުއްސަނދިކަން ހޯދާފައިވާ މަޝްހޫރު ކޮލިގެ އާއިލީ ވިޔާފާރި ކުންފުނި، ޔުނިވަރސަލުން ސަރުކާރާ އަދި ރައްޔިތުންނާ ދެކޮޅަށް މިފަދަ ނިންމުމެއް ނިންމުމުންް ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ.
އެނިންމުމާ ގުޅުވައި އެކްސްގައި ޤާސިމް އިބްރާހިމް މިރޭ ވިދާޅުވީ، ފަތުރުވެރީން އަތުން ސަރވިސް ޗާޖް ނަގަނީ ޑޮލަރުން ކަމަށާއި އެހެންކަމުގައިވާނަމަ އެ ހައްގު ހަމަ އެގޮތަށް މުއައްޒަފު މީހާއަށް ލިބިދޭން ޖެހޭނީ ޑޮލަރުން ކަމަށެވެ.
"ޑޮލަރުން ނޫންގޮތަށް މުއައްޒަފު މީހާ ސާވިސްޗާޖް ލިބިގަތުމަށް އިންކާރުކުރާނަމަ، އެއީ ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ 212 ވަނަ މާއްދާގައި ބަޔާން ކުރާ، މަކަރާއި ހީލަތުން ނުވަތަ ޓެކުމުން އެހެން މީހެއްގެ މުދަލެއް ނިގުޅައިގަތުން، ކަމަށް ބެލުމުގެ މައްސަލައަކަށްވުމުގެ ފުރުޞަތު އެބައޮތެވެ. މީހަކަށް ދޭން ހަވާލުކުރާ އަމާނާތެއް، އެ އޮތް ގޮތަށް އެމީހާއަށް ރައްދުކުރުމަކީ އެ އަމާނާތާއި ހަވާލުވިމީހާގެ މައްޗަށް އޮތް ބޮޑުވެގެންވާ ދީނީ، އަދި ޤާނޫނީ ވާޖިބެއްވެސްމެއެވެ. އެހެން ކަމުން ޑޮލަރުން ލިބޭ ސާވިސްޗާޖެއް މުއައްޒަފެއްގެ ނުރުހުމުގައި ދިވެހި ރުފިޔާއިން ލިބިގަތުމަށް ދެކޮޅުހެދުމަށް ފަހު އެ މައްސަލަ ޤާނޫނުގައި ވާ ގޮތުގެ މަތީން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅުމުން ނަތީޖާ ސާފުވެގެން ދާނެކަމަށް އަޅުގަނޑު ދެކެމެވެ." ޤާސިމްގެ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.
ޤާސިމް ވިދާޅުވީ، އޭނާއަކީ ވެސް އެތައް ހާސް މުއައްޒަފުން ގެންގުޅޭ ކެޓަގަރީ އޭ ގެ ރިސޯޓުތަކެއް ހިންގާމީހެއް ކަމަށާއި އޭނާއަށް ވެސް މި ދަތި އެބައޮތް ކަމަށެވެ. ނަމަވެސް މިއީ މުއައްޒަފުންގެ ވަރަށް ބޮޑު ހައްގެއް ކަމުގައިވެފައި، ޤާނޫނުންވެސް ޑޮލަރު މާރުކުރުމުގައި ލުއި ލިބިދީފައިވާ އިރު، ރިސޯޓުތައް ހިންގުމުގައި ދަތިވާކަމަށް ބުނެ ސަރވިސް ޗާޖް ދިވެހި ރުފިޔާއިން ދިނުމުން މުއައްޒަފުންނަށް އެ ދެވެނީ މާބޮޑު ގެއްލުމެއް ކަމުގައި ދެކިވަޑައިގަންނަވާކަމަށް ޤާސިމް ވިދާޅުވެފައިވެއެވެ.
ބައެއް އެހެން ކުންފުނިތަކުން މިހާލަތާ ގުޅިގެން މުސާރަ ވެސް ދިވެހި ރުފިޔާއިން ދޭން ނިންމަން އުޅޭ ކަމުގެ ޚަބަރަކީ ކަންބޮޑުވާންޖެހޭ ކަންތައްތައް ކަމަށާއި މުއައްޒަފުންނާއި އެގްރީމަންޓްކޮށްފައިވާ މުއްދަތުގައި ޑޮލަރުން މުސާރަ ދިނުމަށް އެއްބަސްވެފައިވާ ނަމަ އެ މުއްދަތުގައި މުސާރަ ދޭންޖެހޭނީ ޑޮލަރުންކަމަށް ޤާސިމް ވަނީ ވިދާޅުވެފައެވެ.

ރިސޯޓުތަކަށް ލިބޭ ޑޮލަރުގެ ވަކި ޕަސެންޓެއް ރާއްޖޭގެ ބޭންކްތަކަށް މާރުކުރަން ލާޒިމްކޮށް, ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން އެގޮތަށް ޢަމަލު ކުރަން ފެށިފައިވީނަމަވެސް، ބައެއް ބޮޑެތި ރިސޯޓުތައް ހިންގަން ދަތިވާ ކަމަށް ބުނެ މުވައްޒަފުންނަށް ދޭ…
— Qasim Ibrahim (@qasimibrahim) June 18, 2025
ރާއްޖޭގައި ފަތުރުވެރިކަމުގެ ވިޔަފާރި ފެށުނީއްސުރެ މާލެ ސަރަހައްދުގެ ރަށްތައް އެކި ވެރިކަންތަކުގައި އެކި އުސޫލުން އެކި އަގުތަކުގައި ކުއްޔަށް ނަގައިގެން އެވިޔަފާރީގެތެރެއިން އެންމެ ބޮޑު ނަފާއެއް ހޯދައިގެން މުއްސަނދިކަން ހޯދާފައިވާ މަޝްހޫރު ކޮލިގެ އާއިލީ ވިޔާފާރި ކުންފުނި، ޔުނިވަރސަލުން ސަރުކާރާ އަދި ރައްޔިތުންނާ ދެކޮޅަށް މިފަދަ ނިންމުމެއް ނިންމުމުންް ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ.
އެނިންމުމާ ގުޅުވައި އެކްސްގައި ޤާސިމް އިބްރާހިމް މިރޭ ވިދާޅުވީ، ފަތުރުވެރީން އަތުން ސަރވިސް ޗާޖް ނަގަނީ ޑޮލަރުން ކަމަށާއި އެހެންކަމުގައިވާނަމަ އެ ހައްގު ހަމަ އެގޮތަށް މުއައްޒަފު މީހާއަށް ލިބިދޭން ޖެހޭނީ ޑޮލަރުން ކަމަށެވެ.
"ޑޮލަރުން ނޫންގޮތަށް މުއައްޒަފު މީހާ ސާވިސްޗާޖް ލިބިގަތުމަށް އިންކާރުކުރާނަމަ، އެއީ ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ 212 ވަނަ މާއްދާގައި ބަޔާން ކުރާ، މަކަރާއި ހީލަތުން ނުވަތަ ޓެކުމުން އެހެން މީހެއްގެ މުދަލެއް ނިގުޅައިގަތުން، ކަމަށް ބެލުމުގެ މައްސަލައަކަށްވުމުގެ ފުރުޞަތު އެބައޮތެވެ. މީހަކަށް ދޭން ހަވާލުކުރާ އަމާނާތެއް، އެ އޮތް ގޮތަށް އެމީހާއަށް ރައްދުކުރުމަކީ އެ އަމާނާތާއި ހަވާލުވިމީހާގެ މައްޗަށް އޮތް ބޮޑުވެގެންވާ ދީނީ، އަދި ޤާނޫނީ ވާޖިބެއްވެސްމެއެވެ. އެހެން ކަމުން ޑޮލަރުން ލިބޭ ސާވިސްޗާޖެއް މުއައްޒަފެއްގެ ނުރުހުމުގައި ދިވެހި ރުފިޔާއިން ލިބިގަތުމަށް ދެކޮޅުހެދުމަށް ފަހު އެ މައްސަލަ ޤާނޫނުގައި ވާ ގޮތުގެ މަތީން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅުމުން ނަތީޖާ ސާފުވެގެން ދާނެކަމަށް އަޅުގަނޑު ދެކެމެވެ." ޤާސިމްގެ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.
ޤާސިމް ވިދާޅުވީ، އޭނާއަކީ ވެސް އެތައް ހާސް މުއައްޒަފުން ގެންގުޅޭ ކެޓަގަރީ އޭ ގެ ރިސޯޓުތަކެއް ހިންގާމީހެއް ކަމަށާއި އޭނާއަށް ވެސް މި ދަތި އެބައޮތް ކަމަށެވެ. ނަމަވެސް މިއީ މުއައްޒަފުންގެ ވަރަށް ބޮޑު ހައްގެއް ކަމުގައިވެފައި، ޤާނޫނުންވެސް ޑޮލަރު މާރުކުރުމުގައި ލުއި ލިބިދީފައިވާ އިރު، ރިސޯޓުތައް ހިންގުމުގައި ދަތިވާކަމަށް ބުނެ ސަރވިސް ޗާޖް ދިވެހި ރުފިޔާއިން ދިނުމުން މުއައްޒަފުންނަށް އެ ދެވެނީ މާބޮޑު ގެއްލުމެއް ކަމުގައި ދެކިވަޑައިގަންނަވާކަމަށް ޤާސިމް ވިދާޅުވެފައިވެއެވެ.
ބައެއް އެހެން ކުންފުނިތަކުން މިހާލަތާ ގުޅިގެން މުސާރަ ވެސް ދިވެހި ރުފިޔާއިން ދޭން ނިންމަން އުޅޭ ކަމުގެ ޚަބަރަކީ ކަންބޮޑުވާންޖެހޭ ކަންތައްތައް ކަމަށާއި މުއައްޒަފުންނާއި އެގްރީމަންޓްކޮށްފައިވާ މުއްދަތުގައި ޑޮލަރުން މުސާރަ ދިނުމަށް އެއްބަސްވެފައިވާ ނަމަ އެ މުއްދަތުގައި މުސާރަ ދޭންޖެހޭނީ ޑޮލަރުންކަމަށް ޤާސިމް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު