ސިއްޙީ އިމަޖެންސީގައި ލަންކާއަށް ދިއުމުގެ ހުއްދަ 2 ގަޑިއިރުން ލިބޭގޮތަށް ހަމަޖައްސައިފިއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން މިއަދު ބުނީ، ސިއްޙީ އިމަޖެންސީގައި ސްރީ ލަންކާއަށް އެއާ އެމްބިއުލާންސް އޮޕަރޭޓްކުރުމުގެ ހުއްދަ ދެ ގަޑިއިރުން ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅު ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުހައްމަދު އަމީން، އެ ގައުމަށް ކުރެއްވި ދަތުރުފުޅުގައި ކަމަށެވެ.
މީގެކުރިން ސިއްޙީ އިމަޖެންސީގައި ލަންކާއަށް ބަލި މީހުން އުފުލުމަށް ހުއްދަތައް ހޯދުމަށް، 6 ގަޑިއިރާ 24 ގަޑިއިރު ހޭދަވީ ނަމަވެސް، ވަޒީރުގެ ދަތުރުފުޅުގައި ކުރެވުނު މަޝްވަރާތަކަށްފަހު އެވަގުތު ދެ ގަޑިއިރަށް ކުޑަކުރެވިފައިވާ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއެވެ.
"މިކަން ކުރުމަށް ހަމަޖައްސަންޖެހޭ އިންތިޒާމުތައް ކޮލޮމްބޯގެ ބަންޑާރަނާޔަކަ އިންޓަނޭޝަނަލް އެއާޕޯޓުގައި ސްރީ ލަންކާގެ ސަރުކާރުން މިހާރު ވަނީ ހަމަޖައްސަވާ ދެއްވާފައެވެ." ދިވެހި ސަރުކާރުން މިއަދު ހާމަކޮށްފައިވެއެވެ.
ދިވެހިރައްޔިތުނަށް ރާއްޖެ އާއި ރާއްޖެއިން ބޭރުން ރަނގަޅު ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިންތިޚާބީ ވަޢުދުފުޅެކެވެ. އަދި ސިއްޙީ އިމަޖެންސީގައި ލަންކާއަށް ދިއުމުގެ ހުއްދަ 2 ގަޑިއިރުން ލިބޭގޮތް ހަމަޖެއްސުމަކީ ރައީސްގެ އިރުޝާދުގެ ދަށުން ކުރަށްވާފައިވާ މަސައްކަތެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ރާއްޖޭގައި އެއަރ އެމްބިއުލާންސްގެ ހިދުމަތް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ހިދުމަތް އަންނަ މަހުގެ އެއް ވަނަ ދުވަހު ތައާރަފުކުރާނެ ކަމަށް ސަރުކާރުން ބުނެ އެވެ.
ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ރާއްޖޭގެ އަވަށްޓެރި ގައުމުތަކުގެ އިތުރުން ދުބާއީ އާއި ތައިލެންޑް ފަދަ ގައުމުތަކުން ދިވެހިންނަށް ބޭސް ފަރުވާގެ އިންތިޒާމުވެސް ހަމަޖެއްސުމަށެވެ.

I had the great pleasure of meeting Hon. Nimal Siripala de Silva, Minister of Ports, Shipping and Aviation of Sri Lanka today in Colombo
— Mohamed Ameen (@ameen3d) January 30, 2024
We had successful discussions in fostering the relationship between our two Ministries
We have specifically agreed upon creating a framework… pic.twitter.com/mGaYyXIzFF
ރާއްޖޭގައި އެއަރ އެމްބިއުލާންސްގެ ހިދުމަތް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ހިދުމަތް އަންނަ މަހުގެ އެއް ވަނަ ދުވަހު ތައާރަފުކުރާނެ ކަމަށް ސަރުކާރުން ބުނެ އެވެ.
ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ރާއްޖޭގެ އަވަށްޓެރި ގައުމުތަކުގެ އިތުރުން ދުބާއީ އާއި ތައިލެންޑް ފަދަ ގައުމުތަކުން ދިވެހިންނަށް ބޭސް ފަރުވާގެ އިންތިޒާމުވެސް ހަމަޖެއްސުމަށެވެ.
ކިޔުންތެރިންގެ ހިޔާލު