ފިޔާކޮށާއިރު ލޮލުން ފެން ނާންނަ ނުވަތަ ދިލަ ނުނަގާނެގޮތެއް ހޯދުމަށް އެތައްކަމެއް މިހާރުވެސް ކުރާނެކަން ޔަގީނެވެ. އެގޮތުން ބައެއް މީހުން ފެންތައްޓެއް ކައިރީގައި ބަހައްޓައިގެން ފިޔާކޮށާއިރު އަނެއްބަޔަކު ވަޅީގެ މިޔަ ނުވަތަ ވަޅީގެ ކޮޅަށް ފިޔާގެ ކަރުގަނޑު ހަރާލައިގެން ފިޔާކޮށައެވެ. އެހެންނަމަވެސް މިއިން އެއްވެސް ކަމަކުން އެދެވޭ ހައްލެއް އަދި މިކަމަށް ލިބިފައެއްނުވެއެވެ.
ފިޔާކޮށާއިރު ލޮލުން ފެން ނާންނަ ނުވަތަ ދިލަ ނުނަގާނެގޮތެއް ހޯދުން މިއީ ބައެއް މީހުންނަށް މާބޮޑު ކަމަކަށް ނުވިނަމަވެސް އާއްމު ގޮތެއްގައި ނުވަތަ ގިނަ ވަގުތު މިފަދަ މަސައްކަތް ކުރަންޖެހޭ ފަރާތްތަކަށް މިއީ ވަރަށް މުހިންމު މައުލޫމާތަކަށް ވާނެކަން ޔަގީނެވެ. އެގޮތުން ފުރަތަމަ ކަމަކަށް ފިޔާކޮށަން ބޭނުންކުރަނީ ތޫނު ވަޅިއެއްތޯ ޔަގީން ކުރާށެވެ. ކޮށިވަޅިއެއް ބޭނުންކުރާނަމަ ފިޔާގައި ހުންނަ ކުދިކުދި ސެލްތަކެއްފަދަ މައުދަން ބޮޑަށް ވިއްސައިގެން ދިޔުމަށް މަގުފަހިވެއެވެ. އެކަމުގެ ސަބަބުން ލޮލަށް އަރާ އާވި އިތުރުވެއެވެ.
ފިޔާގައި ހިމެނޭ މިދެންނެވި ސެލްތައް ބުރައިގެންދިޔުން ހުއްޓުވުމަށް ފިޔާ ކޮށުމުގެ ކުރިން ފިނިކޮށްލުންވެސް މުހިންމެވެ. ދެތިން މިނެޓްވަންދެން ފިޔާ އައިސްއަލަމާރީގައި ބާއްވާ ފިނިކޮށްލުމަށްފަހު ކޮށާނަމަވެސް މިކަމަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ. ސަބަބަކީ ފިނިވުމުގެ ސަބަބުން ފިޔާއިން އާވި ވައިގެ ތެރޭގައި ހަރުލާފައިހުރުން ކުޑަވެގެންދާތީއެވެ.
މީގެ އިތުރުންވެސް ހަމުގެ މައްސަލަތައް ހުންނަ ފަރާތްތަކުން ފިޔާގައި އަތްލާނަމަ އަންގި ބޭނުންކުރުމާއި، ފިޔާ ކޮށަން އިންނަ މާހައުލަކީ ރަނގަޅަށް ވައި ދައުރުވާ ތަނަކަށްވުން ވަރަށް މުހިންމެވެ. މި ދެންނެވި ގޮތަށް އަމަލުކުރާނަމަ ފިޔާކޮށާއިރު ނުރޮއެ އިނުމަށްޓަކައި ދުރަށް ބަލައިގެން އިނދެ ފިޔާކޮށަމުން އަތްކެނޑުމުގެ ބިރާއި، އެންމެ ލޯބިވާ މީހާގެ މަތިން ހަނދާންކުރުމުގެ ސަބަބުން ހިޔާލީ ދުނިޔެއަށް ގެއްލިގެން ދިޔުމުން ސަލާމަތްވާނެއެވެ. އަދި ނުރޮއެ ލޮލުން ކަރުނަ އޮހޮރާނުލާ ފިޔާވެސް ކޮށޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު