ރިލަޔަންސް އިންޑަސްޓްރީސްގެ ޗެއާމަން އަދި އޭޝިއާގެ އެންމެ މުއްސަނދި މީހާކަމަށްވާ މުކޭޝް އަމްބާނީގެ ހަގު ފިރިހެން ދަރިފުޅު އަނަންތު އަމްބާނީގެ ކައިވެނީގެ ކުރިޔަށް ބާއްވާ ހަފްލާތަކުގައި ބައިވެރިވުމަށް ދުނިޔޭގެ ނުފޫޒުގަދަ އެތައް ބަޔަކު އިންޑިއާގެ ގުޖުރާތަށް ވަނީ ގޮސްފައެވެ.

އިންޑިއާގެ ކައިވެނި ތަކަކީ އެތައް ދުވަހަކަށް ދެމިގެންދާ، ކުލަ ގަދަކޮށް ފާހާގަ ކުރާ ހަފްލާތަކެކެވެ. އެގޮތުން އަނަންތު އަމްބާނީ އަދި އޭނާގެ ބައިވެރިޔާ ރާދިކާ ގެ ކައިވެނީގެ މައި ހަފްލާގެ ކުރިން ގުޖުރާތުގެ ޖާމްނަގަރުގައި ކުރިޔަށްދާ ހާއްސަ ހަފްލާތައްވެސް ވަނީ ކުލަ ގަދަކޮށް ފާހާގަކުރުމަށް ރާވާފައެވެ. މީގެ ތެރެއިން ބައެއް ހަފްލާތައް މިހާރު ފަށާފައިވާނަމަވެސް އުމުރުން 28 އަހަރުގެ އަނަންތު އަމްބާނީ އާއި ރާދިކާ މާޗެންޓް ކައިވެނި ކުރަން ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހު އެވެ.

މުކޭޝް އަމްބާނީ އޭނާގެ ދަރިފުޅަށް ހާއްސަކޮށްގެން ބާއްވާ ޕްރީ ވެޑިން ހަފްލާތަކުގެ މެހެމާނުންގެ ތެރޭގައި ބައިވެރިވުމަށް ދުނިޔޭގެ ނުފޫޒުގަދަ އެތައް ބަޔަކު އިންޑިއާގެ ގުޖުރާތަށް ވަނީ ގޮސްފައެވެ. މީގެތެރޭގައި މާކް ޒުކަބާގް، ރިހާނާ އަދި ބިލް ގޭޓްސް ގެ އިތުރުން، އިވަންކާ ޓްރަމްޕްގެ އިތުރުން ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ބޮޑެތި ވިޔަފާރިވެރިންނާއި، ސިޔާސީ ގޮތުން ފާހަގަކޮށްލެވޭ ފަރާތްތަކާއި، އެކްޓަރުންނާއި މިއުޒިކީ ފަންނާނުން ހިމެނެ އެވެ.

މީގެ އިތުރުން މި ހަރަކާތުގައި ޝާހްރުކް ހާނާއި އަމީތާބް ބައްޗަން އަދި ދިޕިކާ އާއި ރަންވީރު ހިމެނޭ ގޮތަށް ބޮލީވުޑްގެ މަޝްހޫރު އެތައްތަރިންތަކެއް ބައިވެރިވާއިރު، އިންޑިއާގެ ބޮޑެތި ވިޔަފާރިވެރިންނާއި، ސިޔާސީ ގޮތުން ފާހަގަކޮށްލެވޭ ފަރާތްތައްވެސް ހިމެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން