މިއަހަރު ރިލީސްކުރަން ހަމަޖެހިފައިވާ ބޮލީވުޑުގެ ފިލްމު "ކްރޫ" ގެ ޓްރެއިލާ ވަނީ ދާދި ފަހުން ބެލުންތެރިންނަށް ދައްކާލާފައެވެ.

ރާޖޭޝް- ކްރިޝްނާން ޑައިރެކްޓްކޮށްފައިވާ ފިލްމު “ކްރޫ"ގެ ލީޑް ބަތަލާއިންގެ ގޮތުގައި ތަބޫ، ކަރީނާ ކަޕޫރު، ކްރިތީ ސަނޯން އަދި ދިލްޖިތު ޑޮސަންޖް ގެ އިތުރުން ކަޕިލް ޝަރްމާ ފެނިގެންދާނެ އެވެ.

ފިލްމް ކުރޫ އަކީ އެތައްގޮތަކުން ހާއްސަވެގެންދާނެ ފިލްމެކެވެ. ސަބަބުތައް ބައިވަރެވެ. އަދި މިއީ މި ތިން ބަތަލާއިން އެކުގައި ފެނިގެންދާނެ ފުރަތަމަ ފިލްމެވެ.

މި ފިލްމުގެ ޓީޒާ ޓްރެއިލާއަށް ތަރުހީބު ލިބެމުންދާއިރު، ދާދިފަހުން ކްރިތީ ސަނޯން ވަނީ މިމަހުގެ ހަތަރުވަނަ ދުވަހު ރިލީސްކުރަން ހަމަޖެހިފައި އޮތް ލަވަ ‘ނައިނާ’ ގެ ސްނީކް ޕީކެއް ސޯޝަލްމީޑީއާގައި ބެލުންތެރިންނާއި ހިއްސާކޮށްފަ އެވެ.

ނައިނާ ލަވަ ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މާރިޗް ފަސްވަނަ ދުވަހުގައި ކަމަށް ކުރިތީ ވަނީ ހާމަކޮށްފައެވެ. މި ޕޯސްޓާއި އެކު ކްރިތީގެ އިންސްޓަރގްރާމް ސަޕޯޓަރުން ވަނީ މި ލަވަ ބެލުމަށް ކެތް މަދުވެފައި ވާކަން ހާމަކޮށްފައެވެ.

މި ފިލްމަކީ ވަރަށް ގިނަ އިމޯޝަންސްތަކާ އެކު ޑްރާމާ އެކުލެވޭނެ ފިލްމެއް ކަމަށް މި ފިލްމުގެ ޑައިރެކްޓަރ ވަނީ ބުނެފައެވެ.

މި ފިލްމު ރިޒީލްކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ މާރިޗް މަހުގެ 29 ވަނަ ދުވަހުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން