އެންމެ ފުރަތަމަ އެވޮކާޑޯ ހެއްދިކަމަށް ލަފާކުރެވެނީ މީގެ 5000 އަހަރުކުރިން މެކްސިކޯގައެވެ. އެހެންނަމަވެސް މިހާރު މި މޭވާ ދުނިޔޭގެ އެކި ގައުމުތަކުގައި މުޑުވައްކޮށްފައިވެއެވެ. ތިރީގައި މިވަނީ މި މޭވާއިންލިއްބައިދޭ ބައެއް ފައިދާތަކުގެ މައުލޫމާތެވެ.

މި ކްރީމީ މޭވާގެ ސަބަބުން ސިއްހީ ގޮތުން އެތަކެއް ގިނަ ފައިދާތަކެއް ލިބިދެއެވެ. ގާތްގަނޑަކަށް 20 ވިޓަމިން އާއި މިނަރަލްސް އާއި ގިނަ އަދަދަކަށް ސިއްހަތަށް ފައިދާހުރި ފެޓްތަކާއި ފައިބަރު ހިމެނޭ މުހިއްމު ނިއުޓްރިއެންޓްތައް އެކުލެވޭ މި މޭވާއަކީ ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަށާއި އަދި ހަމުގެ ތަފާތު ބަލިތަކަށް ކިހާ މުހިންމު މޭވަލެއްކަން ދިރާސާތަކުން ދައްކައެވެ. މީގެ އިތުރުން މި މޭވާގައި އެންޓި އިންފްލެމެޓަރީ އަދި އެންޓިއޮކްސިޑެންޓް ކޮމްޕައުންޑްތައް ހިމެނޭއިރު ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަކުރުމަށް މި މޭވާ އެހީތެރިވެދެ އެވެ.



ދިރާސާތަކުން ދައްކާގޮތުގައި ދުވާލަކު ދެފަހަރު އެވޮކާޑޯ ބޭނުންކުރުމަކީ ލޭގައި ހުންނަ ޓޯޓަލް އަދި އެލްޑީއެލް ކޮލެސްޓްރޯލްގެ މިންވަރު ދަށްކުރުމަށް އެހީތެރިވެދޭ ކަމެކެވެ. އަދި 68،000 އަށް ވުރެ ގިނަ އަންހެނުންގެ މައްޗަށް ކުރި އިތުރު ދިރާސާއަކުން ދައްކާ ގޮތުގައި އެވޮކާޑޯ ގިނައިން ބޭނުންކުރުމަކީ ކާޑިއޯ ވެސްކިއުލަރ ބަލިތަކުގެ ނުރައްކާ ކުޑަކޮށްދޭނެކަމެކެވެ. މީގެއިތުރަށް މެޓަބޮލިކް ޑިސްއޯޑަރސް އާއި ޓައިޕް 2 ގެ ހަކުރުބަލި ހުންނަ ފަރާތްތަކުން ކެއުމުގައި އެވޮކާޑޯ ހިމަނާލުމުން ހެޔޮ އަސަރުތަކެއް ކުރާނެކަމަށްވެސް ދިރާސާތަކުން ދައްކައެވެ.

ހަމަ އެއާއެކު ގަވާއިދުން ކޮންމެ ދުވަހަކު އެވޮކާޑޯ ބޭނުންކުރުމުން ބަރުދަން އިތުރުވެދާނެތީ ކަންބޮޑުވާ ފަރާތްތަކަށް މިއީ އުފާވެރި ހަބަރަކަށް ވާނެކަން ހަމަޔަގީނެވެ. 55،000 އަށް ވުރެ ގިނަ މީހުންގެ މައްޗަށް ކުރި ދިރާސާއަކުން ދައްކާ ގޮތުގައި އެވޮކާޑޯ ކެއި މީހުންގެ ބަރުދަން ގަވާއިދުން އެ މޭވާ ނުކާ މީހުންނަށް ވުރެ ކުޑަ އެވެ. މީގެ އިތުރުން އެވޮކާޑޯގައި ހިމެނޭ ވިޓަމިން އީ އިން ހަންގަނޑަށް ފައިދާ ލިބޭކަން ފަހުގެ ދިރާސާއަކުން ވަނީ ދައްކާފައެވެ.

ޖާނަލް އޮފް ކޮސްމެޓިކް ޑަރމަޓޮލޮޖީގައި ކުރި ޕައިލެޓް ދިރާސާއަކުން ދައްކާ ގޮތުގައި 8 ހަފްތާ ވަންދެން ދުވާލަކު އެއް އެވޮކާޑޯ ކެއުމުން ހަންގަނޑަށް ރޫޖެހުން ހުއްޓުވައި އޮމާންކަން އިތުރުވެއެވެ. އެހެންކަމުން، އެވޮކާޑޯ އަކީ ސްކިންކެއާ ރޫޓިންއަށް ކޮންމެހެންވެސް އިތުރުކުރުން މުހިންމު ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން