2014 ވަނަ އަހަރު "ފަގްލީ" ފިލްމުން ބޮލީވުޑަށް ތައާރަފްވި ކިއާރާ އަދްވާނީ، ޑޯން 3 ގެ އަންހެން ބަތަލާއަކަށް ހަމަޖައްސައިފިއެވެ.
2025 ވަނަ އަހަރު ބެލުންތެރިންނާ ހަމައަށް ގެނެސްދޭ މިފިލްމުގައި ކިއާރާގެ އިތުރުން ފެނިގެންދާނީ ރަންވީރު ސިންގެވެ.
ފިލްމުގެ ޑައިރެކްޓަރ ފަރްހާން އަހްތަރު ބުނިގޮތުގައި ކިއާރާ އަކީ ބޮލީވުޑުގައި މިވަގުތު އެންމެ ކުރިއަރަމުން އަންނަ އެއްތަރިކަމަށާއި، ކާމިޔާބު ކުރިމަގެއް އޮތް ތަރިއެއްކަމަށެވެ. އަދި މިއީ މިދެތަރިން އެކުގައި ފެންނަ ފުރަތަމަ ފިލްމަށްވާއިރު، ކިއާރާ އަކީ އޭނާ މިފިލްމުގައި ކުޅޭ ރޯލަށް އެންމެ އެކަށީގެންވާ ބަތަލާ ކަމަށްވެސް ފަރްހާން ބުންޏެވެ.
ޑޯން 3 ކިއާރާ އަދުވާނީ ކުޅެދޭ އަގަކީ 13 ކްރޯޑް ރުޕީސް އެވެ. މިއީ މިހާތަނަށް އޭނާ ޗާޖުކޮށްފައިވާ އެންމެ ބޮޑު އަގު ކަމަށާއި ކިއާރާ މިހާބޮޑު ޗާޖެއް މި ފިލްމު ކުޅުމަށް ނަގާފައި ވަނީ ޑޮން 3 ގެ ބޮޑެތި އެކްޝަން މަންޒަރުތަކަށް ތައްޔާރުވުމަށް ކަމަށެވެ.
ކިއާރާ ވަނީ މަދުދުވަސްކޮޅެއްގެ ތެރޭގައި ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު