ހައުސްފުލް 5 ގެ ތަރިންގެ ލިސްޓަށް ނާނާ ޕަޓޭކަރް އަދި އަނިލް ކަޕޫރް އިތުރު ވެއްޖެއެވެ.

ނާނާ ޕަޓޭކަރް އަދި އަނިލް ކަޕޫރް ހެއްވާ މަޖާ ފިލްމަކުން ފެނިގެން ދިޔުން މިއީ އާ ކަމެއް ނޫނެވެ. ވެލްކަމް ހިންދީ ފިލްމް ސީރީޒއިން މި ދެ ތަރިން ވަނީ އެކުގައި ފެނިފައެވެ.

ހައުސްފުލް 5 ގެ ތަރިންގެ ލިސްޓުގައި ނާނާ ޕަޓޭކަރް އަދި އަނިލް ކަޕޫރްގެ އިތުރުން މި ފިލްމް ސީރީޒްގެ ލީޑް ރޯލް ކުޅޭ އަކްޝޭ ކުމާރް އަދި ރިތޭޝް ދޭޝްމުކް ހިމެނެއެވެ. އަދި ޗަންކީ ޕާންޑޭ އޭނާ ކުރިން ކުޅުނު ރޯލްކަމަށްވާ އާކްރީ ޕާސްތާ އިން ފެނިގެން ދާނެއެވެ.

ފިލްމަށް އަދިވެސް ތަރިން ހޯދަމުން އަންނަކަމަށް ފިލްމުގެ ޕޮރޮޑިއުސަރ ސާޖިދިޑް ނަޑިއަޑްވާލާ ބުނެއެވެ. ކުރީގެ ހައުސްފުލް ފިލްމުތަކުން ފެނިގެން ގޮސްފައިވާ ތަރިންނާ މަޝްވަރާ ކުރެވެމުންދާކަމަށްވެސް ބުންޏެވެ.

ހައުސްފުލް 5 ޑިރެކްޓުކުރަމަށް ހަމަޖެހިފައިވަނީ ދޯސްތާނާ ޑިރެކްޓުކުރި ތަރުން މަންސުކާނީއެވެ. މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 2025 ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން