އަޖޭ ދޭވްގަން އާއި ރަކުލް ޕްރީތް ލީޑް ރޯލުން ފެނިގެންދާނެ ދޭ ދޭ ޕިޔާރް ދޭ ގެ ދެވަނަ ބައި 1 މެއި 2025 ގައި ރިލީސްކުރަން ޝެޑިއުލްކޮށްފިއެވެ.

މި ފިލްމުގައި ތާބޫވެސް ހަމަ ކުރިން ކުޅުނު ރޯލުން ފެނިގެންދާނެއެވެ.

ދޭ ދޭ ޕިޔާރް ދޭ ގެ ދެވަނަ ބައިގައި ކުރީ ފިލްމުގެ ވާހަކަ ކުރިޔަށް ގެންދާނެއެވެ. ހަމަ ކުރިޔެކޭ އެއްފަދައިން ހުނުމާއި ލޯބި އަދި އެތަށް ބައިވަރު އިހުސާސްތަކެއް ފިލްމުން ދައްކުވައިދޭނެއެވެ.

މި ފިލްމުވެސް ޕްރޮޑިއުސް ކުރާނީ ޓީ ސީރީޒް ގެ ފަރާތުން ބުޝަން ކުމާރް އަދި ކްރިޝަން ކުމާރްއެވެ. ލަވް ފިލްމްސްގެ ފަރާތުން ލަވް ރަންޖަން އާއި އަންކުރް ގަރްގްއެވެ. ޑިރެކްޓް ކުރާނީ އަންޝުލް ޝަރްމާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން