ބަންގިއާއި ޤަމަތް ފިޔަވައި އިތުރު އަޑެއް މިސްކިތުން ބޭރަށް އިއްވުމަށް ތާޢީދު ނުކުރަށްވާ ކަމަށް އައްޝައިޚް ޙުސައިން ރަޝީދު އަޙްމަދު ވިދާޅުވެއްޖެއެވެ.
ޝައިޚް ޙުސައިން މިމޭރުމުން ވިދާޅުވެފައިވާއިރު ގޭބިސީތަކުގެ ކައިރީގައި ހުންނަ މިސްކިތްތަކުގައި، އެންމެ ރަނގަޅުގޮތަކީ މިސްކިތުގެ އެތެރެއަށް އަޑު ހުންނަ ގޮތަށް ނަމާދުކުރުން ކަމަށް ރާއްޖޭގެ އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ވިދާޅުވެފައެވެ.
ޑރ. ޝަހީމަށް ތާޢީދު ކުރަށްވަމުން ޝައިޚް ޙުސައިން ވިދާޅުވީ މިއީ ކޮންމެ ރޯދަ މަހެއްގައި އުތުރި އަރާ މައްސަލައެއް ކަމަށެވެ.
އެގޮތުން ނަމާދުކޮށް އިމާމާގެ އަޑު ފޯރުކޮށްދިނުން އޮންނަނީ އޭނާގެ ފަހަތުގައި ނަމާދުކުރާ މުޤްތަދީންނަށް ކަމަށާއި ކައިރިކައިރީގައި މިސްކިތްތަކެއް ހުންނަ ޙާލަތުގައި މިސްކިތުގެ ބޭރަށް ނަމާދުގެ އަޑު އިއްވާނަމަ ބޭރުގައްޔާއި ގޭގޭގައި ތިބިމީހުންނަށް އުނދަގޫވާނެކަމީ ޝައްކެއް އޮތް ކަމެއް ނޫން ކަމަށް ޝައިޚް ވިދާޅުވިއެވެ.
“މިސާލަކަށް، ހުޅުމާލޭ ފޭސް 2 ގައި ޖެހިޖެހިގެން 3 މިސްކިތް އެބަހުއްޓެވެ. ތިން މިސްކިތުގެ ތާޅަފިލިން ބަންގިދޭއިރު ތާޅަފިލިތަކުގެ އަޑުތައް އެއްއަޑާއި އަނެއްއަޑު ޖެހިގެން އަންނައިރު ބަންގީގެ ކަލިމަތައް އޮޅުން ނުފިލާވަރު ވެއެވެ.” ޝައިޚް ޙުސައިން ވިދާޅުވިއެވެ.
ޝައިޚް ޙުސައިން ވިދާޅުވީ މިސްކިތުން ބޭރަށް ނަމާދުގެ އަޑު އިއްވުމުން ދިރިއުޅުމަށް މަސައްކަތް ކުރާމީހުންނަށް ޤުރުއާން އަޑުއަހައިގެން ހަނުތިބެން މަޖްބޫރު ކުރުވާނެ ކަމަށެވެ.
“ނުވަތަ އެބައިމީހުން ފާފައިގެ ތެރެއަށް ވައްޓާލަނީއެވެ. ތަރާވީހާއި ދަމުނަމާދުކުރާ ހިނދު ތާޅަފިޅީން ގުގުންލާފައި އަންނަ އަޑުތަކާހުރެ ކުޑަކުދީންނާއި އަރާމުކުރަން ބޭނުންވާ މީހުންނަށް ހަމަގައިމު ފަސޭހަ ކަމަކަށް ނުވާނެއެވެ.” ޝައިޚް ޙުސައިން ވިދާޅުވެފައިވެއެވެ.
ހަމައެއާއެކު މިކަމަކީ މުދިމުން އެމީހުންގެ އަޑުގެ ރީތިކަން މީހުންނަށް އިއްވުމުގެ ގޮތުން ތަނުގައި އިޖްތިމާޢީ ބައްޔެއް އުފެއްދުމަށް ޖަހާ ވާދައެއް ކަމަށާއި އޭގެ އިތުރުން އެކަން އަޅުކަމުގެ ނަމުގައި ދެއްކޭ ރިއާއަކަށް ނުވެނުދާނެއޭވެސް ހިތްޕުޅަށްއަރާ ކަމަށް ޝައިޚް ވިދާޅުވިއެވެ.
“ކޮންމެއަކަސް މިސްކިތުން ބޭރަށް ބަންގިއާއި ގަމަތް ފިޔަވައި އިތުރު އަޑެއް އިއްވުމަކީ މީސްތަކުންނަށް ދެވޭ އިޖްތިމާއީ ގޯނާއެކެވެ.” ޝައިޚް ޙުސައިން ވިދާޅުވެފައިވެއެވެ.
ޝައިޚް ޙުސައިން މިމޭރުމުން ވިދާޅުވެފައިވާއިރު މިނިސްޓަރ ޝަހީމް ވަނީ، ކުޑަކުދިން ނިދާ ގަޑިތަކުގައްޔާއި އުޒުރުވެރިން ގޭގައި ކުރާ ނަމާދުތަކަށް ދަތިނުވާނެހެން، މިސްކިތްތަކުގައި ނަމާދުކުރުން ކުރިއަށް ގެންދިޔުމަށް އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު