އިންޑިއާގެ މުމްބާއީގައި އިނގިރޭސި ލަވަކިޔުންތެރިޔާ އެޑް ޝީރަން ކުރިއަށްގެންދިޔަ މިއުޒިކް ޝޯއެއްގައި ޕަންޖާބީ ބަހުން ލަވަ އެއް ކިޔައިފިއެވެ.
މި ލަވަ އޭނާ ކިޔާފައި ވަނީ އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ދިލްޖީތު ދޮސަންޖް އާއި އެކުއެވެ. މި ލަވައިގެ ބައެއް އެޑް ޝީރަން ގެ އިންސްޓަގްރާމްގައި ހިއްސާ ކޮށްފައިވާއިރު، އެ ވީޑިއޯގައި އެޑް ޝީރަން ޕަންޖާބީ ބަހުން ލަވައިގެ ތަންކޮޅެއް ކިޔާތަން ފެނި ޝޯ އަށް ދިޔަ ފޭނުން ހައިރާންވެ އުފާފާޅު ކުރާތަން ފެނެއެވެ. މީގެއިތުރުން، އެޑް ޝީރަން ގެ އިންސްޓަގްރާމް ޕޯސްޓަށް އެކި ފަރާތްތަކުން ދަނީ އެޑް ޝީރަން އަދި ދިލްޖީތު އެކީ ކިޔައިފައިވާ ލަވައަށް ތައުރީފް ކޮށް ތަރުހީބު ދެމުންނެވެ.
ދިލްޖީތަކީ އިންޑިއާގެ ޕަންޖާބަށް ނިސްބަތްވާ ރެޕް ލަވަކިޔުންތެރިއެކެވެ. ދިލްޖީތު ވަނީ އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިއެއް ކަމަށްވާ ސިޔާ އާއި އެއްކޮށްވެސް ލަވަ އެެއް ރިލީޒްކޮށްފައެވެ.
އިންޑިއާގެ މުމްބާއީގައި އިނގިރޭސި ލަވަކިޔުންތެރިޔާ އެޑް ޝީރަން ކުރިއަށްގެންދިޔަ މިއުޒިކް ޝޯވް އަކީ އޭނާގެ އެންމެ ފަހުގެ އަލްބަމް ޕްރޮމޯޓް ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޓުއަރގެ ދަށުން ކުރިއަށްގެންދިޔަ މިއުޒިކް ޝޯ އެކެވެ.

ކިޔުންތެރިންގެ ހިޔާލު