ހިޔާ ސަރަޙައްދުގައި ނަސާރާ ދީން ފަތުރަން އުޅުނު ޖަރުމަނު 2 އަންހެނުން ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ހިޔާ ފްލެޓްތަކުގެ މެއިލް ބޮކްސްތަކަށް ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނާ ޚިލާފު ލިޔުންތަކެއް އެޅި މައްސަލައަކާ ގުޅިގެން 2 އަންހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ޖަރުމަނަށް ނިސްބަތްވާ 2 އަންހެނުން ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
އެމީހުން ރާއްޖެ އައިސްފައިވަނީ ޓޫރިސްޓް ވިސާގައި ކަމަށާއި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންތައްތައް ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މީސް މީޑީއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި ހިޔާގެ މެއިލް ބޮކްސްތަކަށް އެމީހުން ލާފައިވަނީ ދިވެހި ބަހަށް ތަރުޖަމާކޮށްފައިވާ ނަސާރާ ދީނުގެ ވެބްސައިޓު ތަކެއްގެ ލިންކު ހިމެނޭ ބިޒްނަސް ކާޑުތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު