ޗޯލީކޭ ޕީޗޭ ގެ އަސްލު ލަވަ ކިޔާފައިވާ އިލާ އަރުން އަށް އެ ލަވައިގެ ރިމިކްސް ކަމަކު ނުދާކަމަށް ބުނެފިއެވެ. ލަވަކިޔުންތެރިޔާ އިލާ އަރުން މިހެން ބުނެފައިވަނީ ކްރޫ ނަމަކަށް ކިޔާ ހިންދީ ފިލްމަކަށް ޗޯލީކޭ ޕީޗޭ ލަވަ ރިމިކްސްކޮށްގެން ނެރުމުންނެވެ.
އިލާ ބުނީ، އޭނާއަށް ރިމިކްސް ލަވަ ކަމު ނުދިޔަ މައިގަނޑު ސަބަބަކީ އޭނާގެ ހުއްދައަކާއި ނުލާ އޭނާގެ އަޑު ރިމިކްސް ލަވައިގައި ބޭނުން ކޮށްފައި ވާތީއެވެ. އަދި އޭނާ އަށް އެކަން އަންގައި، އޭނާގެ އަޑު ބޭނުން ކުރުމަށް ހުއްދަ އަށް އެދުނީ ރިމިކްސް ލަވަ ރިލީޒް ކުރުމުގެ 5 މިނެޓު ކުރިން ކަމަށް އިލާ ބުނެފައިވެއެވެ.
1993 ވަނަ އަހަރު ރިލީޒް ކުރި ހިންދީ ލަވަ ޗޯލީކޭ ޕީޗޭ އަކީ ގިނަބައެއްގެ މެދުގައި މަގުބޫލުކަމެއް ލިބިގެން ދިޔަ ލަވައެކެވެ. މިލަވަ ކިޔާފައިވަނީ އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިންކަމަށްވާ އަލްކާ ޔަގްނީކް އަދި އިލާ އަރުން އެވެ. މިލަވަ ހިމަނާފައިވަނީ މަދޫރީ އަދި ސަންޖޭ ދަތު ލީޑު ރޯލުން ފެނިގެންދާ ހިންދީ ފިލްމު ކަލް ނަޔަކް ގައެވެ.
ޗޯލީކޭ ޕީޗޭ ގެ ރިމިކްސް ހިމެނޭ ހިންދީ ފިލްމް ކްރޫ ސިނަމާތަކަށް ރިލީޡް ކުރަން ހަމަޖެހިފައިވަނީ މިމަހުގެ 29 ވަނަ ދުވަހުއެވެ. މި ފިލްމުގެ ލީޑު ރޯލު ތަކުން ބޮލީވުޑްގައި ފާހަގަކޮށްލެވޭ ކަރީނާ ކަޕޫރް ހާން، ކްރިތީ ސެނޮން އަދި ތާބޫ ފެނިގެން ދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު