މިސްކިތްތަކުން ވައްކަން ކުރުމަކީ ކިހާ ނުބައި ކަމެއްކަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހަނދާންކޮށްދެއްވައިފި އެެވެ.
މި ރޯދަ މަހު މާލޭގެ މިސްކިތްތަކުން ވައްކަންކުރާ މައްސަަލަ ވަނީ އިތުރުވެފަ އެވެ.
އެގޮތުން ތަގުވާ މިސްކިތުން ތިން ރޭ މަތިން ހަތް ފަންކާ ވަގަށް ގެންދިޔައިރު ދަރުމަވަންތަ މިސްކިތުގެ ފާރުގައި ހަރުކޮށްފައި ހުރި ދެ ފަންކާ ވެސް މިދިޔަ ހަފުތާގައި ގެންދިޔަ މައްސަލައެއް ފެންމަތިވެފައިވެއެވެ. އަދި ބަންޑާރަ މިސްކިތުގެ އަންހެނުންގެ ފާހާނާ ތައްޓާއި ވިޔަފާރިވެރިންގެ މިސްކިތުގެ އަންހެނުން ވުޟޫކުރާ ބައިގެ ފެން އިސްކުރުތަކަށްވެސް ބަޔަކު ގެއްލުން ދީފައިވެއެވެ.
އެ ވައްކަންތަކަށް އިޝާރާތްކޮށް މިނިސްޓަރު ޝަހީމް ފޭސްބުކްގައި ވިދާޅުވީ މާތްﷲގެ ގެކޮޅުތަކުން ވައްކަންކުރުމަކީ ވަރަށް ނުބައި އަމަލެއް ކަމަށެވެ. އެހެންކަމުން އެ ބާވަތުގެ ކަންކަމުން އެއް ކިބާވާން ޖެހޭނެކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މިސްކިތްތަކަކީ ބިން މަތީގައި އެންމެ މާތް ތަންތަން" މިނިސްޓަރު ވިދާޅުވި އެވެ.
ތަގުވާ މިސްކިތުން މީހަކު ފަންކާއެއް ވަގަށް ނަގައިގެންދާ ވީޑިއޯއެއް މާލޭ ސިޓީ ކައުންސިލުން އާންމުކޮށްފައިވާއިރު ވައްކަން ކުރި މީހާ މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު