ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން
ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން
ކޯޓު އެޑްމިނިސްޓްރޭޓަރުންގެ މަސައްކަތުގެ ފެންވަރު ބެލިއިރު ޗީފް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ބަދަލުވުމަށް ޝަރުތު ހަމަވާވަރަށް މާކްސް ނުލިބުނު 10 މުވައްޒަފަކަށް އެހެން ވަޒީފާއެއް ހަމަނުޖެހިއްޖެ ނަމަ އެމީހުން ވަޒީފާއިން ވަކިކުރުމަށް، ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ނިންމައިފިއެވެ.

ޝަރުއީ ކޯޓުތަކުގެ އިދާރީ ހިންގުމުގެ އުސޫލަށް ގެނެސްފައިވާ ބަދަލުގެ ދަށުން ކޯޓުތައް ކްލަސްޓަރ ތަކަކަށް ބަހާލައި، އަލަށް އުފެއްދި ޗީފް އެޑްމިނިސްޓްރޭޓަރުގެ މަޤާމުގެ މަސްއޫލިއްޔަތު ބައެއް ކޯޓުތަކުގައާއި ޖުޑީޝަލް ދާއިރާގައި މިހާރު ތިއްބެވި ކޯޓު އެޑްމިނިސްޓްރޭޓަރުންނާ ހަމަސްދުވަހަށް ހަވާލު ކުރުމަށް ޖޭއެސްސީން އޮތީ ނިންމާފައެވެ.

ޗީފް އެޑްމިނިސްޓްރޭޓަރުގެ މަޤާމުގެ މަސްއޫލިއްޔަތުގެ ޒިންމާ އަދާކުރާ ގޮތް ބެލުމަށް ވަށައިޖެހޭ އެޕްރައިޒަލް ނިޒާމެއް ތައާރަފްކޮށް އެ ނިޒާމުގެ ތެރެއިން މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރިއިރު 70 ޕަސެންޓަށްވުރެ ދަށުން މާކްސް ލިބުނު 10 މުވައްޒަފުން ތިބި ކަމަށް ޑީޖޭއޭ އިން ނެރުނު ބަޔާނެއްގައި ވަނީ ބުނެފަ އެވެ.

އެގޮތުން އެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބަލާފައިވަނީ، ކޯޓުގެ އެހެން ފަނޑިޔާރުންނާއި ހިންގުމާ ހަވާލުވެ ހުންނަވާ ފަނޑިޔާރާއި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރާއި، ޑިޕާޓްމަންޓުގެ ސެކްޝަންތަކުގެ ވެރިންނާއި ކޯޓުގެ މުވައްޒަފުންނާއި ކޯޓުން ހިދުމަތް ހޯދާ އާއްމު ފަރާތްތަކާއި އެ ފަރާތެއްގެ މަސައްކަތުގެ ފެންވަރު ބެލޭ ފަރާތް ވެސް ހިމެނޭހެން ފުރި ފޯމުތަކެއްގެ މައްޗަށް ބަލައި އެ ފަރާތްތަކުން ދޭ މާކްސްތަކުގެ މައްޗަށް ކަމަށް ޑީޖޭއޭ އިން ވަނީ ބުނެފަ އެވެ.

އޭގެތެރެއިން ހަތްދިހަ އިންސައްތަ މާކްސް ނުލިބޭ 10 މުވައްޒަފުން ފާހަގަކުރެވިފައިވާއިރު، ނޯޓިސް ދިނުމަށްފަހު، ޝަރުއީ ދާއިރާއިން އެކަށީގެންވާ ވަޒީފާއެއް ހަމަޖެއްސޭތޯ ބަލައި އެފަދަ ވަޒީފާއެއް ހަމަޖެހެން ނެތްނަމަ އެ މުވައްޒަފުން އަދާކުރަމުންދާ ވަޒީފާއިން ދޫކޮށްލުމަށް ނިންމާފައިވާ ކަަމަށް ޑީޖޭއޭ އިން ވަނީ ބުނެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން