ދުނިޔޭގެ އެންމެ ދުވަސްވީ މިހާ ކަމަށް ރެކޯޑު ކުރެވިފައިވާ ވެނެޒުއޭލާގެ ހުއާން ވިންސެންޓޭ ޕެރޭޒް މޯރާ 114 އަހަރުގައި މަރުވެއްޖެއެވެ.

ހުއާން މަރުވުމުން ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ ވަނީ އެކްސްގައި ތައުޒިޔާގެ މެސެޖެއް ހިއްސާކޮށްފައެވެ. އަދި ހުއާން ނިސްބަތްވާ ޓަޗިރާގެ ގަވަރުނަރުވެސް ވަނީ ތައުޒިޔާގެ މެސެޖެއް އެކްސްގައި ހިއްސާކޮށްފައެވެ.

ހުއާން ވަނީ 2022 ގައި ދުނިޔޭގެ އެންމެ ދުވަސްވީ މީހާގެ ގޮތުގައި ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދާފައެވެ. ދުނިޔޭގެ ރެކޯޑު ފޮތުގެ ޗީފް އެޑިޓަރ ކްރެއިގް ގްލެންޑޭ، ހުއާން އާއި ގުޅޭގޮތުން ބުނީ، ހުއާންގެ ދިގު އުމުރު ދެނެގަނެ ފާހަގަކުރަން ލިބުމަކީ ޝަރަފެއްކަމަށެވެ.

1909 ގައި ވެނެޒުއޭލާގެ އެލް ކޮބްރޭ އަށް އުފަން ހުއާން އަކީ އާއިލާގެ 10 ކުދިންގެ ތެރެއިން 9 ވަނަ ކުއްޖާއެވެ. އޭނާ 1 ކައިވެނި ކޮށްފައިވާއިރު، އެކައިވެންޏަށް 11 ކުދިން ލިބިފައިވެއެވެ. އަދި 42 ކާފަ ދަރިން ލިބި، 18 ހޫރު ކާފަ ދަރިން ލިބިފައިވެއެވެ. ހުއާން މަރުވިއިރު، ހުއާން ގެ 115 ވަނަ އުފަންދުވަހަށް އޮތީ 1 މަހެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން