މުސްލިމު ވޯލްޑް ލީގުގެ އެންމެ މަތީ މަޖްލީހުގެ މެންބަރަކަށް ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ޢައްޔަންކުރައްވައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ މުސްލިމު ވޯލްޑްލީގުގެ އެންމެ މަތީ މަޖްލީހުގެ މެންބަރަކަށް ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ޢައްޔަންކުރައްވާފައިވާ ކަމަށެވެ.
އެ މަޖްލީހަށް ޑރ ޝަހީމް ޢައްޔަންކުރެއްވީ ރާބިޠާގެ ސެކްރެޓަރީ ޖެނެރަލް ޑރ މުޙައްމަދު ބިން ޢަބްދުލްކަރީމުލްޢީސާ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ރާބިޠަތުލް ޢާލަމިލް އިސްލާމީގެ އެންމެ މަތީ މަޖްލީހަކީ އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ އިލްމީ ޝަޚުޞިއްޔަތުތައް ހިމެނޭހެން އެކުލެވިގެންވާ މަޖްލީހެއް ކަމަށެވެ.
ޑރ. ޝަހީމް އިސްލާމިކް މިނިސްޓަރުކަމާ ޙަވާލުވެ ވަޑައިގަތުމަށްފަހު ދިވެހިރާއްޖޭގައި ދީނީ ކަންކަމަށް ރައްޔިތުން ހޭލުންތެރިކުރުމަށް ބޮޑެތި މަސައްކަތްތަކެއް ގެންދަވަނީ ކުރަށްވަމުންނެވެ.
މުސްލިމް ވޯލްޑް ލީގް ނުވަތަ ރާބިތަތުލް ޢާލަމިލް އިސްލާމިއްޔާ އަކީ 1962 ވަނަ އަހަރު އިސްލާމީ މެދުމިނުގެ އުސޫލުތައް ފެތުރުމަށް އުފައްދާފައިވާ ބައިނަލްއަގުވާމީ ޖަމާޢަތެކެވެ. އަދި އެއީ އިސްލާމީ ދުނިޔޭގެ އެންމެ ބޮޑު އިސްލާމީ ބައިނަލްއަޤުވާމީ ޖަމިއްޔާއެވެ.
އެތަނުގެ ހެޑް އޮފީސް ހުންނަނީ މާތްވެގެންވާ މައްކާގައެވެ.

ކިޔުންތެރިންގެ ހިޔާލު