ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމާ ބެހޭ އެއްބަސްވުމެއްގައި ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު މިއަދު ސޮއިކޮށްފިއެވެ.
ޚާރިޖީ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދެވެ. އަދި ޖަޕާނުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ އެވެ. މި ސްކޮލާޝިޕްތަކަކީ 19 މިލިއަން ރުފިޔާގެ ސްކޮލާޝިޕްތަކެކެވެ.
މި އެއްބަސްވުމުގެ ދަށުން 4 އަހަރުގެ މުއްދަތަށް، ކޮންމެ އަހަރަކު ދިވެހި 6 ދަރިވަރަކަށް މަތީ ތައުލީމް ހާސިލްކުރުމަށް ޖަޕާނަށް ދިއުމަށް ފުރުސަތު ލިބޭނެއެވެ. މިނިސްޓަރު ޝާހިދު ވަނީ ޖަޕާނުން ސަރުކާރުން ވެދެއްވި މި އެހީތެރިކަމަށް ޖަޕާން ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.
ޖަޕާނުން ދަނީ ރާއްޖެއަށް އެކި ދާއިރާތަކުން ދީލަތި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ކޯވިޑް-19 އާ ގުޅިގެން ޔުނިސެފް މެދުވެރިކޮށް 356،400 އެމެރިކާ ޑޮލަރުގެ އެހީއަކާއި، ރެޑްކްރެސެންޓް މެދުވެރިކޮށް 185،000 އެމެރިކާ ޑޮލަރުގެ އެހީއެއްގެ އިތުރުން ޔޫއެންޑީޕީ މެދުވެރިކޮށް 1.4 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއްވެސް ޖަޕާނުން ފޯރުކޮށްދީފައިވެއެވެ.

Maldives and Japan signs Exchange of Notes on the Project for Human Resource Development Scholarship.
— Ministry of Foreign Affairs 🇲🇻 (@MoFAmv) August 5, 2020
Under the terms of the Exchange of Notes, the Gov of Japan shall provide scholarships for 6 Maldivian students per year for a period of 4 years.
🔗 https://t.co/vAkxU1xZ1g pic.twitter.com/BG9MjiKzGO
ޖަޕާނުން ދަނީ ރާއްޖެއަށް އެކި ދާއިރާތަކުން ދީލަތި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ކޯވިޑް-19 އާ ގުޅިގެން ޔުނިސެފް މެދުވެރިކޮށް 356،400 އެމެރިކާ ޑޮލަރުގެ އެހީއަކާއި، ރެޑްކްރެސެންޓް މެދުވެރިކޮށް 185،000 އެމެރިކާ ޑޮލަރުގެ އެހީއެއްގެ އިތުރުން ޔޫއެންޑީޕީ މެދުވެރިކޮށް 1.4 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއްވެސް ޖަޕާނުން ފޯރުކޮށްދީފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު