ސަލްމާން ޚާން ގެ ގެއަށް އަމާޒުކޮށް ބަޑީގެ ހަމަލާ ދިން ބަޔަކު ހައްޔަރުކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ސަލްމާން ޚާން ދިރިއުޅޭ ބަންޑްރާގެ ގެލެކްސީ އެޕާރޓްމަންޓްސްގެ ބޭރުގައެވެ. ސީ.ސީ.ޓީ.ވީ ފުޓޭޖްތަކުން ފެންނަ ގޮތުގައި އެމީހުން ވަނީ ޖައްވަށް ހަތަރު ވަރަކަށް ފަހަރު ބަޑި ޖެހުމަށްފަހު ފިލާފައެވެ. މި ހަމަލާ ދިން ވަގުތު ސަލްމާން ޚާން ގޭގައި ހުއްޓެވެ.

ޑީ.ސީ.ޕީ ރާޖް ތިލަކް ރައުޝަން މީޑިއާއަށް މައުލޫމާތު ދެމުން ވިދާޅުވީ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާކަމަށާއި ތަހުގީގު ހިނގަމުންދާކަމަށެވެ. އެމީހުން ހައްޔަރުކޮށް އެމީހުންނަށްވަނީ އިންޑިއާގެ ގާނޫނުލް އުގޫބާތުގެ 307 ވަނަ މާއްދާ އާއި ހަތިޔާރާ ބެހޭ ގާނޫނުގެ 3 ވަނަ މާއްދާގެ 25 ގެ ދަށުން ދައުވާކުރަން ފޮނުވާފައެވެ.

މެއިނެ ޕިޔާރް ކިޔާ އިން ފިލްމީ ދާއިރާއަށް ތައާރަފްވި ސަލްމާން ޚާންއަކީ އެތަށް ބަޔެއްގެ މަގްބޫލުކަން ހޯދާފައިވާ ތަރިއެކެވެ. އިންޑިއާގެ އަންޑަރވޯރލްޑްގެ ގޭންގުތަކާއި ގުޅުން އޮންނަ ކަމަށް ދޭތެރެ ދޭތެރެއިން އޭނާއަށް ތުހުމަތު ކުރެއެވެ. މި ތުހުމަތުތައް އޭނާ ދޮގު ކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން