ލައިސަންސް ދޫކުރުމުގެ ހިދުމަތުން އިދާރީ ފީގެ ގޮތުގައި ބަލައިގަންނަމުންދާ ފީ ސީދާ ކައުންސިލްތަކަށް ލިބޭގޮތަށް ސަރުކާރުން ހަމަޖައްސައިފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ، މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީނެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ކައުންސިލްތަކުން ދޭ ހިދުމަތެއްގެ މަންފާ، އެ ކައުންސިލަކަށް ނުލިބޭތީ އެކަމުގެ ކަންބޮޑުވުން ކައުންސިލްތަކުން ފާޅުކޮށްފައިވާކަމަށެވެ. އެހެންކަމުން ކައުންސިލްތައް ބާރުވެރިކުރުމަށް ކައުންސިލްތަކަށް އާމްދަނީ ލިބޭނެ މަގުތައް ފަހިކޮށްދިނުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ލައިސަންސް ފީތައް ކައުންސިލްތަކަށް ލިބޭގޮތަށް ހަމަޖެއްސުމަށް ރައީސް ނިންމަވާފައިވާ ކަމަށް އަމިން ވިދާޅުވި އެވެ.

"މި މަސައްކަތަށް ސްޓާފުންވެސް ނަގައިގެން ކައުންސިލުން މުސާރަ ދީގެން ހިދުމަތް ދެނީ. މިހާރު އޮންނަގޮތުން ޓްރާންސްޕޯޓް ޕޯޓަލްއިން ފައިސާ ދައްކަމުންދަނީ. ނަމަވެސް މިހާރު މި ބަދަލު ގެނައީ އެކަމަށް ދައްކާ ހިދުމަތުގެ ފި ކައުންސިލުން ބަލައިގަންނަގޮތަށް." މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ލައިސަންސް ފީ ކައުންސިލްތަކަށް ލިބެން ފަށާނީ މިއަންނަ މަހުގެ 1 އިން ފެށިގެންކަމަށެވެ.

ކަނޑުދަތުރުކުރާ އުޅަނދުތަކުން އަހަރަކު އެއްފަހަރު ހައްދަންޖެހޭ ސަލާމަތީ ސެޓްފިކެޓް އައު ކުރަންޖެހޭ މުއްދަތު އިތުރުކުރަން ސަރުކާރުން ނިންމާފައިވާކަން ވެސް މިއަދު މިނިސްޓަރުވަނީ ހާމަކުރައްވާފައެވެ.

ސަރުކާރުން މިހާރު ނިންމާފައިވަނީ އެ މުއްދަތު 5 އަހަރަށް އިތުރު ކުރުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން