އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހަށް އައު މެމްބަރުން ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރަށްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ އާ މެމްބަރުންގެ ގޮތުގައި ރައީސް ޢައްޔަންކުރައްވާފައިވަނީ ޑރ. މޫސާ އަންވަރު ޙަސަން އާއި ޑރ. ޢަލީ ޒާހިރު ކަމަށެވެ.

ފަތުވާ މަޖިލީހުގެ މެންބަރުކަމަށް ޑރ. ޢަލީ ޒާހިރާއި ޑރ. މޫސާ އަންވަރު ޙަސަން ފަތުވާ މަޖިލީހަށް ޢައްޔަނު ކޮށްފައިވަނީ ދިވެހިރާއްޖެގެ ޤައުމީ ޔުނިވަރސީޓީ ނުވަތަ އިސްލާމިކް ޔުނިވަރސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ތެރެއިންނެވެ.

އެހެންކަމުން، "އިސްލާމީ ފަތުރުދޭ އެންމެ މަތީ މަޖިލީސް" ގައި މިހާރު 5 މެންބަރުން އެބަ ތިއްބެވިއެވެ.

އެއީ ފަތުވާ މަޖިލީހުގެ ރައީސް ފަޟީލަތުލްއުސްތާޛުއްޝައިޚު ޑޮކްޓަރ މުޙައްމަދު ރަޝީދު އިބްރާހީމް އާއި، ޑޮކްޓަރ ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން އާއި، ޑޮކްޓަރ މޫސާ އަންވަރު ޙަސަނާއި، ޑޮކްޓަރ ޢަލީ ޒާހިރާއި، އައްޝައިޚް އިލްޔާސް ޙުސައިނެވެ.

އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހަކީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ މަޖިލީހެކެވެ.

ފަތުވާ މަޖިލީހަށް މައްސަލަތަކުގައި ފަތުވާ ނެރެވޭނީ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން