ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޓެކްސީ ކިއުގެ މައްސަލަ ހައްލު ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އާއި، ފުލުހުންނާއި އެމްއޭސީއެލް ގުޅިގެން މަސައްކަތް ފަށައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ރާއްޖެ އަންނަ ފަތުރުވެރިންނަށާއި ދިވެހިންނަށް އެއާޕޯޓް ޓެކްސީ ކިއުއިން ކުރިމަތިވާ މައްސަލަތައް އެއް ދުވަހުން އަނެއް ދުވަހަކަށް އިތުރުވަމުން އަންނަ ކަމަށެވެ.
އެގޮތުން ވަކި މަންޒިލަކަށް ނޫނީ ދަތުރުކުރުމަށް ޑްރައިވަރުން އުޒުރުވެރި ވުމާއި، ދަތުރެއް ނެގުމަށް ފަހު، އިތުރު ފަސިންޖަރުން އަރުވައިގެން ދަތުރު ކުރުމާއި، މިނިސްޓްރީން ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑު އަގުގައި ޓެކްސީ ޑްރައިވަރުން ދަތުރު ކުރާ ކަމުގެ ޝަކުވާތައް މިނިސްޓްރީއަށް ލިބެމުންދާކަން އެ މިނިސްޓްރީން ފާހަގަ ކޮށްފައިވެއެވެ.
އެކަމަށް ހައްލު ހޯދުމުގެ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީއާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްއާއެކު މަސައްކަތްކޮށް ޓެކްސީތަކުގެ އަގުތައް ފަސޭހައިން ފެންނާނޭ ފަދައިން އެއާޕޯޓުގައި ބޯޑުތަކެއް ހަރުކުރެވިފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
ހަމައެއާއެކު ޓެކްސީގެ މައްސަލަތަކާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ކިއުއާރްކޯޑް މެދުވެރިކޮށް ޓެކްސީތަކާއި ޕްރައިވެޓް ހަޔާގައި ޓެކްސީގެ ހިދުމަތްދެމުންދާ ފަރާތްތަކުން އަމަލު ކުރަމުންދާ ގޮތުގެ ގިނަ ޝަކުވާތައް ލިބިފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މި ޝަކުވާތައް ބެލުމަށްޓަކައި މިނިސްޓްރީގައި ޓެކްސީ ޝަކުވާ ބެލުމާ ގުޅޭ ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި މިނިސްޓްރީއަށް މިހާތަނަށް ގިނަ އަދަދެއްގެ ޝަކުވާތައް ލިބިފައިވާއިރު، ހުށަހަޅާފައިވާ ބައެއް ޝަކުވާތަކާ ގުޅިގެން މައްސަލަ ބެލުމަށްޓަކައި މިނިސްޓްރީއަށް ބޭނުންވާ މައުލޫމާތު ހޯދުމަށް މަސައްކަތް ކުރެވުނު ނަމަވެސް ބައެއް މައްސަލަތަކުގެ މައުލޫމާތު ލިބިފައިނުވާކަން މިނިސްޓްރީން ފާހަގަ ކުރެއެވެ.
މިހާތަނަށް މިނިސްޓްރީއަށް ލިބިފައިވާ ޝަކުވާތަކުގެ ތެރެއިން މައްސަލަ ބެލުމަށް ބޭނުންވާ މައުލޫމާތު ނުލިބޭ މައްސަލަތައް ފިޔަވާ ބާކީ ހުރި ހުރިހާ ޝަކުވާތަކާ ގުޅިގެން މައްސަލަ ބަލައި ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާފައިވާ ކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން އިތުރަށް ބުނީ އާންމުންގެ ޝަކުވާތައް އިތުރުވަމުންދިޔުމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރާއި، ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ހިމެނޭގޮތަށް އަވަސް މަޝްވަރާތަކެއް ކުރެވި އެއާޕޯޓް ޓެކްސީ މެނޭޖް ކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލައި އޭޕްރީލް 7 ވަނަ ދުވަހު ތަންފީޒުކުރަން ފަށާފައިވާ ކަމަށެވެ.
އެގޮތުން މިހާރު ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން އެއާޕޯޓުގައި ހަރަކާތްތެރިވާން ފަށައި ގަވާއިދާ ހިލާފަށް އެއާޕޯޓުގައި ހަރަކާތްތެރިވަމުންދާ ޓެކްސީތަކާމެދު ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި ގަވާއިދާ ހިލާފަށް ޓެކްސީ ކުރުމުގައި ބައިވެރިވާ ބިދޭސީންނާމެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު