އާރުޑީސީއާއި މޯލްޑިވެސް ޕޮލިޓެކްނިކް، ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުމެއެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި އާރުޑީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަޑް) އަލީ ޒުހައިރުއެވެ. އަދި މޯލްޑިވެސް ޕޮލިޓެކްނިކްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޒޫޝާން ކަމާލުއްދީންއެވެ.
މި އެއްބަސްވުމުގެ އަސާސީ މަޤްޞަދަކީ، އާރުޑީސީއާއި ޕޮލިޓެކްނިކްގެ މެދުގައި އެއްބާރުލުން ޤާއިމުކުރުންކަމަށް އާރުޑީސީން ހާމަކޮށްފައިވެއެވެ.
މި އެއްބަސްވުމުގެ ދަށުން އާރުޑީސީ އިން ޕޮލިޓެކްނިކްގެ އިމާރާތާ އިންފާރުގެ ބޭނުން އެންމެ ރަނގަޅަށް ހިފުމަށް ލޭންޑް ސްކޭޕިންގ ގެ މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ދެ އިދާރާއިން ޖޮއިންޓް ފޯސްއެއްގެ ގޮތުގައި މަސައްކަތްކޮށް، ތިމާވެށީގެ ދެމެހެއްޓެނިވިކަން ކުރިއެރުވުމާއި، ދަރިވަރުންނާއި އިންސްޓިޓިއުޓްގެ އެހެން ސްޓޭކް ހޯލްޑަރުންނަށް އެކްސެސިބިލިޓީއާއި ރައްކާތެރިކަން އިތުރުކުރުމަށް ކަންކަން ބައްޓަންކޮށް ތަރުތީބު ކުރުންވެސް އެމްއޯޔޫގެ މަޤްސަދުގެ ތެރޭގައި ހިމެނެއެވެ.
މީގެ އިތުރުން އިމާރާތާއި އިންފާރުގެ ޖާގަ އެންމެ ފުރިހަމައަށް ބޭނުންކުރުމާއި، ފެންވަރު ރަނގަޅު ފަންނީ އަދި ވޮކޭޝަނަލް ތަޢުލީމާއި ތަމްރީނު ފޯރުކޮށްދިނުމުގައި ދެ ފަރާތުން ބޭނުންވާ ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި މޯލްޑިވްސް ޕޮލިޓެކްނިކާއި ދެމެދު އެއްބާރުލުން ދިނުނުންވެސް މިއެއްބަސްވުމުގައި ހިމެނެއެވެ.

އާރުޑީސީއާއި މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން މަސައްކަތް ކުރުމުގެ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމްއޯޔޫ) އެއްގައި މިއަދުވަނީ ސޮއިކުރެވިފައެވެ. މި އެމްއޯޔޫގައި އާރުޑީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަޑް) އަލީ ޒުހައިރުއެވެ. އަދި… pic.twitter.com/sF1iSOpjyb
— Road Development Corporation Ltd (@rdcmaldives) May 8, 2024
މި އެއްބަސްވުމުގެ ދަށުން އާރުޑީސީ އިން ޕޮލިޓެކްނިކްގެ އިމާރާތާ އިންފާރުގެ ބޭނުން އެންމެ ރަނގަޅަށް ހިފުމަށް ލޭންޑް ސްކޭޕިންގ ގެ މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ދެ އިދާރާއިން ޖޮއިންޓް ފޯސްއެއްގެ ގޮތުގައި މަސައްކަތްކޮށް، ތިމާވެށީގެ ދެމެހެއްޓެނިވިކަން ކުރިއެރުވުމާއި، ދަރިވަރުންނާއި އިންސްޓިޓިއުޓްގެ އެހެން ސްޓޭކް ހޯލްޑަރުންނަށް އެކްސެސިބިލިޓީއާއި ރައްކާތެރިކަން އިތުރުކުރުމަށް ކަންކަން ބައްޓަންކޮށް ތަރުތީބު ކުރުންވެސް އެމްއޯޔޫގެ މަޤްސަދުގެ ތެރޭގައި ހިމެނެއެވެ.
މީގެ އިތުރުން އިމާރާތާއި އިންފާރުގެ ޖާގަ އެންމެ ފުރިހަމައަށް ބޭނުންކުރުމާއި، ފެންވަރު ރަނގަޅު ފަންނީ އަދި ވޮކޭޝަނަލް ތަޢުލީމާއި ތަމްރީނު ފޯރުކޮށްދިނުމުގައި ދެ ފަރާތުން ބޭނުންވާ ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި މޯލްޑިވްސް ޕޮލިޓެކްނިކާއި ދެމެދު އެއްބާރުލުން ދިނުނުންވެސް މިއެއްބަސްވުމުގައި ހިމެނެއެވެ.
ކިޔުންތެރިންގެ ހިޔާލު