ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި އިބްރާހިމް ނަޒީމް (މ)
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި އިބްރާހިމް ނަޒީމް (މ)
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި އިބްރާހިމް ނަޒީމް އެ މަޤާމުން ވަކިކޮށް، އެ ކުންފުނި ހިންގުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ މެނޭޖިންގ ޑިރެކްޓަރު ޑީސީޕީ (ރިޓަޔާޑް) އަޙުމަދު ސަޢުދީއާ ހަވާލުކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު މެންބަރުކަމުން އިބްރާހިމް ނަޒީމް ވަކިކޮށްފައިވާ ކަމަށެވެ. އަދި އާރްޑީސީ ވަގުތީ ގޮތުން ހިންގެވުމަށް، އެކްޓިންގ މެނޭޖިންގ ޑިރެކްޓަރަކަށް އެމްޓީސީސީގެ އެމްޑީ އަޙުމަދު ސަޢުދީ ހަމަޖައްސާފައިވާ ކަމަށް ވެސް ޕީސީބީން މަޢުލޫމާތު ދެއެވެ.

ނަޒީމް އާރްޑީސީގެ އެމްޑީގެ މަޤާމަށް ޢައްޔަންކުރައްވާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 30 ވަނަ ދުވަހުއެވެ. އޭނާ އެ މަޤާމުން މި ވަކިކުރެއްވީ ގާތްގަނޑަކަށް ހަތް މަސް ދުވަހުގެ ޚިދުމަތަށް ފަހުގައެވެ.

އާރްޑީސީގެ ހިންގުމަށް މި ބަދަލު ގެނެސްފައި މިވަނީ، ސަރުކާރުގެ ޚަރަދު ކުޑަކުރުމަށާއި ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އާރްޑީސީ އުވާލައި، އެ ކުންފުނީގެ މަސައްކަތްތައް އެމްޓީސީސީގެ ދަށަށް ބަދަލު ކުރުމަށް ނިންމާފައިވާ ދަނޑިވަޅެއްގައެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރިޕޯޓްތަކުން ދައްކާގޮތުގައި، މިދިޔަ އަހަރުގެ އެންމެ ކުއާޓަރެއްގެ ތެރޭގައިވެސް އާރުޑީސީއަށް ވަނީ 113.73 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް ވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް