ލޯކަލް ކައުންސިލް އިންތިހާބާއި، ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓު (ރެފެރެންޑަމް) އާ ދިމާކޮށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މުވައްޒަފުންނަށް ޕްރޮމޯޝަން ދެމުންދާ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި މައްސަލަ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީއަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.
މީކާއިލް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ، އާރްޑީސީން އެއްވެސް އުސޫލެއް ނެތް ގޮތަކަށް ޕްރޮމޯޝަންތައް ދެމުންދާ ކަމަށާއި، އެކަމާ ގުޅޭ ތަފްސީލީ މައުލޫމާތުތައް ހޯދަން އެދޭ ކަމަށެވެ.
މީގެ ތެރޭގައި އެ ކުންފުނީގެ އެޗްއާރް ޕޮލިސީ، އޯގަނައިޒޭޝަން ސްޓްރަކްޗާ، ބަޖެޓުގެ ތަފްސީލް، އަދި އެމްޑީގެ ބިއުރޯގައި ތިބި މުވައްޒަފުންގެ މައުލޫމާތު ހިމެނެއެވެ. މީގެ އިތުރުން، ކުންފުނީގެ އޮޑިޓް ރިޕޯޓުތަކާއި ބޯޑުގެ ނިންމުންތައް ހޯދުމަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފައެވެ.
މި މައްސަލަ ވީހާވެސް އަވަހަށް ބަލައިދިނުމަށް އެދިފައިވާއިރު، އިންތިހާބާ ދިމާކޮށް އާރްޑީސީގެ އިތުރުން ފެނަކަ އަދި އެފްއެސްއެމް ފަދަ ކުންފުނިތަކަށް ގިނަ އަދަދެއްގެ މުވައްޒަފުން ނަގަން އިއުލާންކޮށްފައިވާކަން ވެސް ފާހަގަކޮށްފައިވެއެވެ.
ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވަމުން ގެންދަވަނީ މިއީ އިންތިހާބަށް އަމާޒުކޮށްގެން ކުރާ ކަމެއް ނޫން ކަމަށާއި، އެއީ މާކުރިން ރޭވިގެން ހިނގަމުންދާ ކަންކަން ކަމަށެވެ. އާރްޑީސީއަށް އެކަނިވެސް 170 އަށް ވުރެ ގިނަ މުވައްޒަފުން ނަގަން ދާދި ފަހުން ވަނީ އިއުލާންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު