ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ޚަރަދު ކުޑަކުރުމުގެ ވާހަކަ ސަރުކާރުން ދައްކަމުންދާއިރު، މާލީ ގޮތުން ބޮޑު އިނދަޖެހުމެއްގައި އޮތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބޮޑު ޚަރަދުކޮށް އައު ލޯގޯއެއް އިފުތިތާހުކުރުމުން ސަރުކާރުގެ ސިޔާސަތުތަކާ މެދު ސުވާލު އުފެދިއްޖެއެވެ.
ގެއްލުމުގައި އޮތް ކުންފުންޏަކަށް "ރީބްރޭންޑިންގ" މުހިންމުތަ؟
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރިޕޯޓްތަކުން ދައްކާގޮތުގައި، މިދިޔަ އަހަރުގެ އެންމެ ކުއާޓަރެއްގެ ތެރޭގައިވެސް އާރުޑީސީއަށް ވަނީ 113.73 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް ވެފައެވެ. ކުންފުނީގެ މާލީ ހާލަތު މިހާ ގޯސްކޮށް އޮތްއިރު، އައު އަހަރާ ދިމާކޮށް ބޮޑު ޚަރަދުކޮށް "ރީބްރޭންޑް" ކުރުމަކީ ކުންފުނީގެ އަސްލު މައްސަލަތަކުން އާންމުންގެ ސަމާލުކަން އަނބުރާލުމަށް ކުރި ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.
2019 އިން ފެށިގެން އެ ކުންފުންޏާ ހަވާލުކުރި 81 މަޝްރޫއުގެ ތެރެއިން ބޮޑު ބައެއް އަދިވެސް އޮތީ ނުނިމިއެވެ. މީގެ ތެރޭގައި ރަށްރަށުގެ ތަރައްގީއާ ގުޅުންހުރި މަގު ހެދުމުގެ 36 މަޝްރޫއު ހިމެނޭއިރު، ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތްތައް ފުރިހަމަނުކޮށް، ލޯގޯގެ ކުލަ އޮރެންޖަށް ބަދަލުކުރުމަކީ ސަރުކާރުގެ އިސްކަންދޭ ތަރުތީބު އޮޅިފައިވާކަމުގެ ހެއްކެކެވެ.
އާރުޑީސީއަށް އަމާޒުވާ އަނެއް ފާޑުކިޔުމަކީ ކުންފުނީގެ އަސްލު މަސައްކަތް ކަމަށްވާ މަގު ހެދުން ދޫކޮށް، ޕޮލިސް ސްޓޭޝަންތަކާއި ހޮސްޕިޓަލު އެޅުން ފަދަ އެ ކުންފުނީގެ އިޚްތިސާސްގައި ނުހިމެނޭ މަސައްކަތްތަކާ ހަވާލުވަމުންދިއުމެވެ. މިއީ ކުންފުނީގެ ހިންގުން އިތުރަށް ބުރަވެ، މާލީ ގެއްލުން ބޮޑުވާން މެދުވެރިވާ ސަބަބެއް ކަމަށް އިގްތިސާދީ މާހިރުން ވިދާޅުވެއެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި:
* ބަޖެޓުން އިތުރަށް ދިޔަ ޚަރަދު: 1.6 ބިލިއަން ރުފިޔާ.
* ޖުމްލަ ސަބްސިޑީ/ އެހީ: 1.9 ބިލިއަން ރުފިޔާ ކުންފުނިތަކަށް ވަނީ ދީފަ.
މިފަދަ ނާޒުކު ދަނޑިވަޅެއްގައި، ދައުލަތުގެ ބަޖެޓަށް ބަރޯސާވެގެން ހިންގާ ކުންފުންޏަކުން އިސްރާފު ބޮޑު މިފަދަ ހަރަކާތްތައް ހިންގުމަކީ، ސަރުކާރުން "ޚަރަދު ކުޑަކުރުމަށް" ގެންގުޅޭ ކަމަށް ބުނާ ސިޔާސަތާ ދިމާ އިދިކޮޅު އަމަލެކެވެ.
އާރުޑީސީގެ އައު ލޯގޯއިން ރަމްޒުކޮށްދެނީ "ގުޅިލާމެހިފައިވާ މަގުތައް" ކަމަށް ބުނި ނަމަވެސް، ހަގީގަތުގައި ފެންނަން އޮތީ ނުނިމި ހުރި މަޝްރޫއުތަކާއި، މާލީ ބޮޑު ގެއްލުމާއި، އަދި އިސްރާފު ބޮޑު ހިންގުމުގެ ނިޒާމެކެވެ.

ކިޔުންތެރިންގެ ހިޔާލު