ބީލަމުގެ އުސޫލުން ޑޮމެއިން ނަންބަރު ވިއްކަން ވަރަށް އަވަހަށް ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ މީޑިއާއެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ ޑޮމެއިން ވިއްކުމާ ގުޅޭ ގޮތުން ސަރުކާރުން މިހާރު އެކުލަވާލާފައިވާ ޕްލޭން މި ހަފުތާގެ ތެރޭގައި އާންމު ކުރައްވާނެ ކަމަށެވެ.
އެގޮތުން ވެހިކަލްތަކަށް ޑޮމެއިން ނަމްބަރު ވިއްކުން ކުރިން އޮތީ ވަރަށް ދޯހަޅިކޮށް ކަމަށާއި ނަމަވެސް އާ އުސޫލުގެ ދަށުން އަލުން ޑޮމެއިން ނަމްބަރު ބީލަމުގެ އުސޫލުން ވިއްކަން ނިންމާފައިވާ ކަމަށް އަމީން ވަނީ ވިދާޅުވެފައެވެ.
އަމީން ވިދާޅުވީ މިހާރު ޑޮމެއިން ވިއްކުން މެދުކަނޑާލާފައި އޮތް ނަމަވެސް ކުރިއަށް އޮތް ސާޅީހަކަށް ދުވަހުގެ ތެރޭގައި އެކަން އަލުން އިޔާދަކުރާނެ ކަމަށެވެ. އަދި ޑޮމެއިން ނަންބަރުތަކުގެ ވެރިފަރާތްތަކުގެ ޑޮކިއުމެންޓުތައް ވެރިފައިކޮށް، ރަނގަޅުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށްވެސް އަމީން ވިދާޅުވިއެވެ.
“އަޅުގަނޑުމެންގެ ވިސްނުން މި ހުރީ ވަރަށް އޯޕަންކޮށް، އެކެއް ދޭކުން ފެށިގެން ދިހައަކާ ހަމައަށް ވެސް ޑޮމެއިން ދޫކުރަން.” އަމީން ވިދާޅުވިއެވެ.
ރޭގެ ޕްރޮގްރާމްގައި މިނިސްޓަރ އަމީން ވިދާޅުވީ ވެހިކަލް ރަޖިސްޓްރީ ކުރުމުގައި ކުރިން ހަދަމުންދިޔަ ގޯސްތަކަކީ ޓްރާންސްޕޯޓް މިނިސްޓްރީ އާއި ގުޅިގެން ބަޔަކު ކުރަމުން ދިޔަ ކަމެއް ކަމަށެވެ. އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން ކަންކަން ގާނޫނާއި ގަވައިދާ އެއްގޮތަށް ކުރިނަމަ މިއަދު މާލެ މިހާލަތުގައި ނޯންނާނެ ކަމަށްވެސް އަމީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު