ޓެކްސީގެ އަގު ސަރުކާރަށް ކޮންޓްރޯލު ކުރެވިގެން ނުވާނެކަމަށް ޓެކްސީ ޑްރައިވަރުން ބުނެފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްސީ ޑްރައިވަރުން ބުނީ ޓްރާންސްޕޯޓް މިނިސްޓްރީން ޓެކްސީ ދަތުރުތަކުގެ އަގުތައް ކަނޑައެޅީ ޑްރައިވަރުންނާ މަޝްވަރާ ކުރުމެއް ނެތި ކަމަށެވެ.
އޭގެއިތުރުން ހަތް ސީޓުގެ އުޅަނދުތަކަށް ކަނޑައެޅި އަގުތަކަކީ މީގެ ކުރިން ދަތުރު ކުރަމުން އައި އަގުތަކަށް ވުރެ 40 އިންސައްތަ ކުޑަ އަގެއް ކަމަށް ޑްރައިވަރުން ބުނެފައިވެއެވެ.
"މީޓަރު ކަނޑައެޅެންދެން މިހާރު ހުރި އަގުތަކުގައި ބަހައްޓައިދޭނެ ކަމުގެ ޔަގީންކަން ދިނުމަށްފަހު އަޅުގަނޑުމެންނަށް ނޭނގި ކުއްލިއަކަށް ވޭން ދަތުރުތަކުގެ އަގު 40 ޕަސަންޓު ކުޑަކޮށްފައި މިއޮތީ އިއުލާނުކޮށްފައި." ޑްރައިވަރުން ބުންޏެވެ.
ސަރުކާރުން މި ފިޔަވަޅު އެޅީ އެއާޕޯޓަށް ދަތުރުކުރާ ޓެކްސީތަކަށް އެމްއޭސީއެލް މުވައްޒަފުންނާއި ފުލުހުން މެދުވެރިކޮށް ދަތި ކުރުމުގެ ފިޔަވަޅު އެޅުމަށްފަހު ކަމަށާއި ސަރުކާރުން ދަނީ ޓެކްސީ ޚިދުމަތުގެ ތެރެއަށް ވަނުމަށް މަސައްކަތް ކުރަމުންކަމަށްވެސް ޑްރައިވަރުން މިއަދު ތުހުމަތު ކޮށްފައިވެއެވެ.
ޓެކްސީ ޑްރައިވަރުން ބުނީ މީގެ ކުރިއަކުން އެއާޕޯޓް ޓެކްސީ ކިއުގައި މައްސަލަ ނުޖެހޭ ކަމަށެވެ. އަދި މައްސަލަ ޖެހުނީ އެމްއޭސީއެލްއާއި ފުލުހުން އެކަމުގެ ތެރެއަށް ވަދެ ކިއު ހިފަހައްޓާ ކިއުގެ ކޮންޓްރޯލެއް ގެންގުޅެން ފެށުމުން ކަމަށް ޑްރައިވަރުން ވަނީ ބުނެފައެވެ.
އޭގެ އިތުރުން މިހާރު 100 މީހުންގެ ކިއުއެއް ހުސްވަނީ 100 މިނެޓުން ކަމަށާއި އަދި އިއްޔެ ކަނޑައެޅި އަގު މިހާރު އެޕްތަކަށްވުރެ ދަށްކަން ޑްރައިވަރުން ފާހަގަކޮށްފައިވެއެވެ.
ޑްރައިވަރުން މިހެން ބުނެފައިވާއިރު ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ހަ ފަސިންޖަރުންނަށް ވުރެ ގިނަ ފަސިންޖަރުން އެއްފަހަރާ އުފުލޭ ވަރުގެ ބޮޑެތި އުޅަނދުތަކުގައި ޓެކްސީ ކުރަން ހާއްސަ އަގުތަކެއް ކަނޑައަޅާފައެވެ. އަދި އެއަށްވުރެ ކުޑަ އުޅަނދުތަކުން އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލަށް ކުރާ ދަތުރުތަކަށާއި ދާގީނާއަށް އިތުރަށް ފައިސާ ނެގޭ ގޮތަށްވެސް މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޓެކްސީ ޑްރައިވަރުން އިތުރަށް ބުނީ، ކުލީގެ އަގުތައް ކޮންޓްރޯލްނުކޮށް، ސަރުކާރަށް ޓެކްސީގެ އަގުތަކެއް ކަނޑައެޅޭނެކަމަށް ޤަބޫލު ނުކުރާ ކަމަށާއި، ތަކެތީގެ އަގުވެސް ރައްޔިތުންނަށް ހަމަހަމަ އުސޫލުން ލިބޭނެ ގޮތެއް ފަހިކޮށްދިނުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު