މާލޭ މަސްޖިދުލް ޔޫސުފުލް ބަރުބަރީ މިސްކިތުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ ޝަހީމް އިއްޔެ ވިދާޅުވީ ބަރުބަރީ މިސްކިތުގެ މަސައްކަތް މިއަހަރު ފެށޭނެ ކަމަށާއި މި މިސްކިތް އަޅަން ހެޔޮ އެދޭ ފަރާތަކާ ޙަވާލު ކޮށްފައިވާ ކަމަށެވެ.
“1400 މީހުންނަށް ނަމާދުކުރެވޭގޮތައް 3 ބުރިއަށް ހެދިގެންދާނެ.” ޑރ. ޝަހީމް އިތުރަށް ވިދާޅުވިއެވެ.
ބަރުބަރީ މިސްކިތް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ޖެނުއަރީ މަހުގެ ތެރޭގައެވެ. އެ މިސްކިތް ބިނާކޮށް ދެނީ އަމިއްލަ ފަރާތަކުންނެވެ.
އާމިސްކިތުގެ ޑިޒައިންވެސް އިސްލާމިކް މިނިސްޓަރު ވަނީ މީސް މީޑިއާގައި ހިއްސާކުރައްވައިފަ އެވެ.
ޑރ. ޝަހީމް މީގެކުރިން ވިދާޅުވެފައިވަނީ ރާއްޖޭގެ 25 މިސްކިތެއް ބިނާކުރުމުގެ ފުރުސަތު މިހާރުވެސް އެބައޮތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު