މީސްމީޑިއާގައި އިސްލާމްދީނަށް ފުރައްސާރަކުރި މައްސަލައެއް ބަލަމުންދާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، އިސްލާމް ދީނަށް ފުރައްސާރަކޮށް 'އެކްސް'ގައި އާންމުކޮށްފައިވާ ޕޯސްޓެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އަދި އެ ޕޯސްޓާއި ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ބައިނަލް އަޤުވާމީ ޔޯގާ ދުވަހާ ގުޅުވައިގެން މީސްމީޑިއާގައި ކުރަމުންދާ ބަހުސާ ގުޅޭ ގޮތުން އަންހެނެއްގެ ނަމުގައި ކޮށްފައިވާ އެ ޕޯސްޓުގައި ވަނީ، ތޮވާފު ކުރުމުގެ ތެރޭ މުސްލިމުން ހަޖަރުލް އަސްވަދުގައި ބޮސްދޭ ދިނުމަށް ފާޑުކިޔާފައެވެ.

ފަހަކަށް އައިސް މީސްމީޑިއާގައި ދިވެހިބަހުން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އިސްލާމް ދީނަށް ދަނީ ފުރައްސާރަ ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން