ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން ހުޅުމާލެ ފިތުރޯނު ސްމަރޓް ޕާކިންގގެ ޕާކިންގ ޖާގަ ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރަން ހުޅުވާލައިފިއެވެ.

ހުޅުމާލެ ފިތުރޯނުމަގު، ފެރީ ޓާމިނަލް ޕާކު ކައިރީގައި ތަރައްގީކޮށްފައިވާ ފިތުރޯނު ސްމަރޓް ޕާކިންގގެ ޖާގަ ދޫކުރުމަށް އެޗްޑީސީން ނިންމާފައިވަނީ ތިން އަހަރުގެ މުއްދަތަަށެވެ. އެގޮތުން ޖުމްލަ 11 ޕާކިންގް ޖާގަ ކުއްޔަށް ދިނުމަށް ނިންމާފައިވާކަމަށް އެޗްޑީސީން ބުނެއެވެ.

ފިތުރޯނު ސްމަރޓް ޕާކިންގ ގެ ޕާކިންގް ޖާގަ ކުއްޔަށް ނެގުމަށް ބޭނުންވާ ފަރާތްތަކަށް ބީލަން ހުށައެޅުމަށް މިހާރު ހުޅުވާލައިފާ ވާއިރު، ބީލަން ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 25 ޖުލައިވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 އާއި 14:00 އާއި ދެމެދުއެވެ. އަދި ހުށައަޅާ ބީލަން ފޯމުތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 25 ޖުލައިވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:30 ގައެވެ.

މިކަމާ ބެހޭ އިތުރު މައުލޫމާތު އެޗްޑީސީގެ ވެބްސައިޓުން ލިބޭނެކަމަށް އެކޯޕަރޭޝަނުން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން