ރާއްޖޭގައި ޑޮކްޓަރުކަން ނުވަތަ އެމްބީބީއެސް ކިޔަވަން ފެށި ފުރަތަމަ ބެޗުގެ ހުރިހާ ދަރިވަރުން ފާސްވެ ކޯސް ފުރިހަަމަކޮށްފި އެވެ.

ރާއްޖޭގައި ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގައި ސްކޫލް އޮފް މެޑިސިން އުފައްދައި އެމްބީބީއެސްއަށް ކިޔަވައިދޭން ފެށީ 2018 ވަނަ އަހަރު އެވެ.

އެ ކޯސް އެންމެ ފުރަތަމަ ފެށީ މެލޭޝިޔާގެ ކެބަންސާން ޔުނިވާސިޓީއާ ގުޅިގެން ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރާ މިންގަނޑަކަށެވެ. އަދި ފުރަތަމަ ބެޗުގައި 22 ދަރިވަރުން ކިޔަވަން ފެށި އެވެ.

އެމްއެންޔޫއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިއަދަކީ ތާރީހީ ދުވަހެއް ކަމަށާއި އެގޮތުން އެމްބީބީއެސްގެ ފުރަތަމަ ބެޗުގައި ކިޔެވި ހުރިހާ ދަރިވަރުން ފާސްވެފައިވާތީ އެ ދަރިވަރުންނަށް މަރުހަބާ ކިޔާ ކަމަށެވެ.

"ތި ދަރިވަރުން ގަދައަޅައި ކުރި މަސައްކަތުގެ ނަތީޖާ މިއަދު ލިބިއްޖެ. އެ ނަތީޖާއާ މެދު ފަހުރުވެރިވަން. އަލްހަމްދުﷲ" އެމްއެންޔޫގެ ފޭސްބުކް ޕޯސްޓުގައި ލިޔެފައި ވެއެވެ.

ރާއްޖޭގައި ޑޮކްޓަރުކަން ކިޔަވައިދިނުމަށް ޕާކިސްތާނުން ވަނީ ޓީޗިން ހޮސްޕިޓަލެއް އެޅުމަށް އެމްއެންޔޫއާއެކު ސޮއިވެސްކޮށްގަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން