އެސްޓީއޯ މެޑިކަލް ސާވިސަސް އިން ދަރުމަވަންތަ ހޮސްޕިޓަލުގައި އައު ފާމަސީ އެއް ހުޅުވައިފިއެވެ.

ރޭ ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތުގައި މި ފާމަސީ ރަސްމީކޮށް ހުޅުވައިދެއްވީ އެސްޓީއޯގެ ޗެއާމަން އާމިރް މަންސޫރެވެ.

މި ރަސްމީއްޔާތުގައި އެސްޓީއޯގެ އިސްވެރިންގެ އިތުރުން އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ އިސްވެރިން ބައިވެރިވެފައިވެއެވެ.

 

ދަރުމަވަންތަ ހޮސްޕިޓަލުގައި ރޭ ހުޅުވި އެސްޓީއޯގެ އައު ފާމަސީއަކީ އެހެން ފާމަސީތަކާއި ތަފާތު ކޮށް ޒަމާނީ ގޮތަށް ފަރުމާ ކުރެވިފައިވާ ފާމަސީއެއް ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ. މި ފާމަސީން ހިދުމަތް ހޯއްދަވާ ފަރާތްތަކަށް ބޭހާއި ހޮސްޕިޓަލު އަދި ގޭގައި ބޭނުންކުރެވޭނެ މެޑިކަލް އާލާތްތަކުގެ އިތުރުން ޕަރސަނަލް ކެއަރ ރޭންޖް ގެ ވަރަށް ގިނަ ތަކެތި ލިބޭނެ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

 

މި ފާމަސީއާއިއެކު ދަރުމަވަންތަ އަދި އައިޖީއެމް ހޮސްޕިޓަލަށް ހިދުމަތް ހޯއްދަވަން ވަޑައިގަންނަވާ ފަރާތްތަކަށް ގިނަގުނަ ފަސޭހަތަކެއް ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

 

މި ފާމަސީ ހުންނާނީ ދަރުމަވަންތަ ހޮސްޕިޓަލުގެ މެއިން އެންޓްރެންސް އިން ވަންނައިރު ކަނާތްފަރާތުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން