މަސް ގަންނަ އަގު ސަރުކާރުން ކުޑަކުރުމުގައި މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ޅީޑަރު ގާސިމް އިބްރާހިމްގެ ދައުރެއް އޮތް ކަަމަށް ބުނާ ވާހަކަތައް ޖުމްހޫރީ ޕާޓީން ދޮގުކޮށްފި އެވެ.
މަސް ގަންނަ އަގު ސަރުކާރުން ކުޑަކުރުމުގައި ގާސިމްގެ ދައުރެއް އޮތް ކަަމަށް ވިދާޅުވީ ބިލެއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ހަލީމް، ދޮންބިލެއް އެވެ.
ވީޓީވީން ރޭ ގެނެސްދިން ފަސް މަންޒަރު ޕްރޮގްރާމްގައި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އަހުމަދު ޝާޒް ވަނީ އެ ވާހަކަތައް ދޮގު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ އެ ވާހަކަތަކަަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.
ޝާޒް ވިދާޅުވީ ސިޔާސީ ބޭފުޅުން ދައްކާނެ ވާހަކަތައް އެނގޭނީ އެ ބޭފުޅުންނަށް ކަމަށާއި ނަމަވެެސް ސިޔާސީ ބުރަދަނެއް ހުރި ކަމަށް ދައްކަން ވާހަކަތަކެއް ދައްކާއިރު ތެދު ބަހުން ވާހަކަ ދައްކަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ ގާސިމަކީ ސަރުކާރުގެ ކޯލިޝަން ޕާޓްނަރެއްވެސް ނޫން ކަމަށެވެ.
"މިސާލަކަށް ގާސިމްގެ ކޮން ހައިސިއްޔަތެއްތޯ އޮތީ މަސް ގަންނަ އަގު ކުޑަކުރަން ސަރުކާރަށް ސަޖެސްޓްކުރަން. ގާސިމް އިބްރާހިމްގެ ޒައްރެއްގެ މިންވަރުގެ އިންވޯލްމަންޓްއެއްވެސް ނޯންނާނެ" ޝާޒް ވިދާޅުވި އެވެ.
ޝާޒް އިތުރަށް ވިދާޅުވީ ރައްޔިތުންނަށް ހެޔޮ ނިޔަތުގައި ސަރުކާރުން ކުރާ ކަމަކަށް ގާސިމް ދެކޮޅު ނުހައްދަވާނެ ކަމަށެވެ.
ސަރުކާރުން މަސްގަންނަ އަގު ކުޑަކުރި މައްސަލައާއި ޤާސިމް އިބްރާހިމާއި ގުޅުވައިގެން ދޮންބިލެއް އެއްވެސް އަދްލެއްނެތް އަދި ހެއްކެއްވެސް ނެތް ވާހަކަތަކެއް ދެއްކެވީ ރާއްޖޭގެ އިޤްތިޞާދު މިހާރު އޮތް ހާލަތަށް ވައްޓާލީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ކަމަށް ވިދާޅުވެ މާލިއްޔަތު ކޮމިޓީގައާއި ރައްޔިތުންގެ މަޖިލީހުގައި އެމަނިކުފާނު ވާހަކަ ދައްކަވާތީ ކަމަށް ބެލެވެއެވެ.
ނަމަވެސް ޤާސިމް އެވާހަކަ ދައްކަވަމުން ގެންދަވަނީ ފެންނާން ހުރި ހެކިތަކާއި އެކުގައިކަން ފާހަގަކޮށްލެވެއެވެ. ޤާސިމް ގެންދަވަނީ އެމަނިކުފާނުގެ އިޤުތިޞާދީ ތަޖުރިބާގެ އަލީގައި މައްސަލައިގެ ހައްލުވެސް ވިދާޅުވެދެއްވަމުންނެވެ.
ޤާސިމް އިބްރާހީމަކީ ރާއްޖޭގެ ފިނޭންސް މިމިސްޓަރު ކަމާއި އެމްއެމްއޭގެ ގަވަރުނަރު ކަމުގެ އިތުރުން ބައިނަލްއަޤުވާމީ މާލީ އިދާރާތަކުގައި ވެސް އިސް ސަފުގައި މަސައްކަތް ކުރައްވާފައިވާ، މިހާރު ރައްޔިތުންގެ މަޖިލީހުގައިވެސް އެދާއިރާއިން އެންމެ ގިނަ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި މެންބަރުވެސް މެއެވެ. އަދި ދައުލަތުގެ ބަޖެޓު ދިރާސާ ކުރަން މަޖިލީހުން އެކުލަވާލާ ގިނަ ކޮމިޓީތަކުގެ މުގައްރިރުކަން ވެސް އެމަނިކުފާނު ވަނީ ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު