7 މާރިޗު 2020 - 23:9
(ކުރީގެ އަދަދާގުޅޭ)

" ހިތަށްއަރާ މިސުކޫލް އަހަރެމެން ރަށުގައި ހުންނަނަމައޭ ... އެހެންނަމަ. ބަހުންޖާގައެއް ނުލިބިދާނެތީ އުޅޭކަށް އަހަރުމެނަށް ނުޖެހުނީ ހެެއްނު . " ބަހަށް އަރަމުން ލީނާ ބުންޏެވެ.

އެއީ މުހިއްބުއްދީން ސުކޫލުގައި ކިޔަވާ ހިތަދޫނޫން ރަށްރަށުގެ ވަރަށް ގިނަކުދިންގެ ހިތަށްއަރާވާހަކައެވެ.

" ތިއަށްވުރެން މާރަނގަޅެއްނު ތިމަންނަ ހިތަދޫ ރައްޔިތަކަށް ވީނަމައޭ." ލީނާގެ އަޑުއިވިފައި ބަހުގައި ހުރި މަރަދޫ ފިރިހެން ކުއްޖަކު ބުންޏެވެ. ލީނާ ތުނބުއޫކޮށްލަމުން އެކުއްޖާއާ މަޖީދުއާއި ދިމާއަށް ލޯއަޅައިލިއެވެ.

" ތިހެންތުން ދިއްކުރީމާ ލީނާގެ ނަކަލަކާމި ފަރިކަން އިންތިހާ އެނގޭ." މަޖީދަކީ ލީނާ ހީކުރިހާ ފަސޭހައިން ލަދުގަނެ ހަތިޔާރު ބަހައްޓާ ކަހަލަ މިޒާޖެއްގެ ކުއްޖަކަށް ނުވިއެވެ. އައި ރުޅީގައި ލީނާއަނެއް ފަރާތަށް އެނބުރުނެވެ.

" ތިޔައީ އަދި މާރީތިހަރަކާތެއް " މަޖީދުނިކަން ބާރަށް ހީގަންނަމުން ބުންޏެވެ. މަޖީދަށް ތާޢީދު ކުރުމުގެ ގޮތުން އޭނާއާއި އެއް ކުލާހެއްގައި އުޅޭ ރައްޓެހި ކުދިންތައްވެސް ހުނެވެ؛ ލަދުގަންނަންޖެހުނީވެސް ލިނާ އެވެ. ނަމަވެސް އެއީ މީގެކުރިން އޭނާގެ މިޒާޖެއްނޫނެވެ. މަގުމަތިން ދާއިރުވެސް ކިތަންމެ ބަޔަކުފޮށުނަސް ކުރިޔަކުން އޭނާއަކަށް އެއްވެސް އަސަރެއްނުކުރެއެވެ.

" ވަރަށް ... ފޫހިވޭ ... އެއީކާކުތަދެން އަހަންނާއި ބެހެން." ލީނާ ހިތާއި ހިތާ ކުދިކިޔެވެ.

" ފޫހިވާނެކަމެއްނެތް ... ލޯތްބެއްގެ ފެށުމަކީ ނަފުރަތު ލީނުއަށް ތިވަނީ އެގޮތް .. ފަހުން ލީނު މަޖީދާހެދީ މޮޔަވާނެ." ގީތާ ލީނާ އާއި ދިމާކުރީ ގެއަށް އައިސް ފޯނުންނެވެ.

" ފަހުން ވާނެގޮތެއް އަހަންނަކަށްވެސް ނޭނގޭ. އެކަމަކު އަދި އަހަރެންގެ ހިތަކު އޭނާއާއި ދޭތެރޭ ރުޅިވެރިކަން ފިޔަވައި އެކައްޗެއްވެސް ނެތް. " ލީނާ ބުންޏެވެ.

" އެކަމަކު އަހަންނަކަށް ހިއެއްނުވޭ ތިކަން ބަދަލުވާކަށް ދެން މާގިނަ ދުވަހެއް ވާނެހެނެއް " އަދިވެސް ގީތާ ކުރީދިމާއެވެ.

" ދެން އަހަރެންގެ ވާހަކަހުއްޓާލަބަލަ ... އިޔާދު ގީތާ އާއި ބައްދަލުކުރަން ތިގެއަކަށް ނައާދޭތަ؟ " ލީނާ ވާހަކައިގެ މިސްރާބު ބަދަލުކުރިއެވެ.

" ނޫނޭ .. މިރޭ އަންނާނޭ ... އަހަރެން ބުނިން ވަރިހަމައޭ ވަންނާށޭ. މަންމަވެސް ބުނީ މައްސަލައެއްނެތޯވެއްދިޔަސް .. " ގީތާ ބުންޏެވެ.

" މަންމަ އޯކޭ ވެއްޖެއިޔާ ތިޔަދެން ވަރަށް ފަސޭހަވީ، ދެންމިވަގުތު ވާއްވަނީއޭ " ލީނާ ފޯންބޭއްވިއެވެ.

ފުރަތަމަ ފަހަރަށް އެރޭ ގީތާ އޭނާގެ ލޯބިވެރިޔާ އިޔާދާއި ގޭގައި ބައްދަލުކުރިއެވެ. މަންމަ ޝަޒާދާގެވެސް ހުއްދައާއި އެކު ގީތާ އޭނާގެ ލޯބިވެރިޔާއާއި ބައްދަލުވުމަށް ހިޔާރު ކުރީއެގޭ ބޮޑުކޮޓަރިއެވެ.

" މަންމަ، އަހަރެންދެކެ ވަރަށް ލޯބިވާނެ، އިޔާދަށް އެނގޭތަ މަންމަގެ ހުރިހާ އުފަލަކީވެސް އަހަރެން. އަހަންނަށްވެސް މަންމައާއި ވަކިން އުޅެން ވަރަށް އުނދަގުވާނެ . " ގީތާ އަބަދުވެސް އޭނާގެ މަންމައާއި މެދު ފަހުރުވެރިވެއެވެ. ޝަޒާދާ ބޮޑުކޮޓަރި ހުރަސްކޮށްގޮސް ބަދިގެއަށް ވަނީއެވަގުތުއެވެ.

" އިޔާ ... އަހަރެންގެ މަންމަ ހެނެއް ނުވާނެ ބައްޕަ.... " ކުއްލިއަކަށް ހިޔާލުގެ އިސްކުރިނަން ސިފަވިމަންޒަރަކުން ގީތާގެ މޫޑު ބަދަލިވެ މުޅިމީހާ ނުތަނަވަސްވެެއްޖެ އެވެ.

" ކުއްލިއަކަށް ކިހިނެއްތަވީ؟ ގީތާ މުޅިން މަޑުމޮޅިވެއްޖެއެވެ. " އިޔާދު ލޯބިވެރިޔާގެ އިހުސާސްތައް ދަނެގަތްކަހަލައެވެ.

" ބައްޕަ ފިހާރަ ބަންދުކޮށްފަ އަންނަ ގަޑިޖެހޭތީ ބިރު ހީވަނީ . " ގީތާ ބުންޏެވެ.

" އަހަރެން އެގާރަޖެހުމުގެ ކުރިން ދާނަމޭ.... މާތްރަސްކަލާންގެ ރަހުމަތްފުޅުން ގީތާގެ ބައްޕަ އަހަރުމެންގެ ލޯތްބަކަށް ހުރަހެއްނައަޅާނެ" އެއީ ހިތުގެ އެންމެ އަޑިންވެސް އޭނާއެދޭގޮތެވެ، އޭނާ ގީތާދެކެ އިންތިހާއަށް ލޯބިވެއެވެ. އެދެމެދަށް ހުރަސް އެޅޭވަރުގެ ބާރެއް ފައިސާވެދާނެކަމަށް ޤަބޫލު ކުރާކަށްވެސް ހުދުއޭނާ ބޭނުމެެއްނޫނެވެ.

" އަހަރުމެންގެ ލޯތްބަށް އެކަކަށްވެސް ހުރަސްނެއެޅޭނެ މިގޮތަށް އިޔާވެސް އުއްމީދުކުރޭ . " ގީތާ ދުރަށްވިސްނައިލުމަށްފަހު އަޒުމް ކަނޑައަޅައިފިއެވެ. އެއީ އިޔާދުގެ ވެސް އަޒުމެވެ.

" ތިޔައީ އަހަރެންވެސް އެދޭގޮތް، ގީތާގެ ލޯބިހާސިލް ކުރުމަށް ކިތަންމެބޮޑު ބުރައެއްވެސް އަހަރެން އުފުލަފާނަން." އިޔާދު ގީތާގެ އަތުގައި ހިފަހައްޓައިލިއެވެ.

ގީތާގެ ބައްޕަ ޒާހިރު ދޮރާށި ހުޅުވާފައި އެތެރެއަށްވަނީ އެވަގުތުއެވެ. ފެނުނު މަންޒަރާއިއެކު ވަގުތުން ޒާހިރުގެ މޫނު ފުސްވިއެވެ. އޭނާ ހުއްޓި ނިކަން ރުޅިވެރިކަމާއިއެކު އިޔާދާއި ދިމާއަށް ބަލައިލިއެވެ. ގީތާއަށް ބައްޕަ ފެނުމާއިއެކު އާގަމަވެފައި އިރުކޮޅެއްވަންދެން ހުރެވުމާއިއެކު އިޔާދާއި ދުރަށްޖެހިލެވިއްޖެއެވެ.

" ގީތާ .... ކޮންކަމެއްތީ ހަމަމިހާރު ކޮޓަރިއަށްވަދޭ .. " ޒާހިރު އެތެރެއަށް ވަންނަމުން އަމުރުކުރިއެވެ. ގީތާ އިޔާދުގާތު އަވަހަށް ދާށޭބުފައިގޮސް ކޮޓަރިއަށް ވަނެވެ. އިޔާދު އިސްޖަހައިގެންހުރެ ނުކުންނަން ހިގައިގަތެވެ.

" ކާކުތީ ... ؟ ކާކު ހުއްދަދީގެންތަ މިގެއަށް ތިވަނީ؟ " ޒާހިރުގެ އަޑުހަރުކަށްޓެވެ. އިޔާދަށް ހުއްޓެވުނީ ހިސާބަކަށް ޖެހިލުންވެހުރެވެސް މެއެވެ.

" ގީތާގެ ހުއްދަލިބިގެންވަނީ ... ދޮގެއް އަޅުގަނޑު ވަނީ އެއްވެސް މީހެއްގެ ހުއްދަދެއްވައިގެނެއްނޫން.... އަމިއްލައަށް ގީތާގެވެސް ނުގަބުލުގައި...." ބައްޕަގެ ކިބައިން ގީތާ ސަލާމަތް ކޮށްދެވޭތޯ އިޔާދު ގީތާ ދިފާއު ކުރެވޭތޯ މަސައްކަތް ކުރިއެވެ.

" މާގިނަ ވާހަކަދައްކަން އުޅޭނެކަމެއްނެތް ... ހަމަމިހާރު ނުކުމޭ ... ދެންމިގެއަށް ނުވަންނާތި ...." ޒާހިރު އިޔާދަށް އިންޒާރުދިނެވެ. އިޔާދު ސިސްއުފުލައިވެސްނުލާ ހިނގައިގަތެވެ.

" ޝަޒާދާ ... ޝަޒާދާ ... " ޒާހިރު ޝަޒާދާއަށް ގޮވަމުންގޮސް ބަދިގެއަށްވަނެވެ. ޒާހިރުގެ އަޑުކަންފަތުގައި ޖެހުމުން ޝަޒާދާއަށް ސިހުން ލިބުނީ އެފަދަ ހަރުކަށިގޮތަކަށް މީގެކުރިން އެއަޑުއިވިފައިނުވާތީއެވެ.

" ކިހިނެއްވީ ؟ ޒާހިރު ... ހާދަރުޅިއައިސްފަ ..." ޝަޒާދާ ޒާހިރުގެ ލޮލަށް ބަލައިލިއެވެ. އައިސްފައިވާ ރުޅިން އެދެލޯވަނީ ރަތްވެފައެވެ.

" ނޭނގޭތަ ވެގެންއުޅޭގޮތެއް، ކަލޭގެ ދަރި ކީއްކުރަންތަ މިގެއަށް ހިލޭ ފިރިހެނުން ވައްދަންވީ ... މާކުރިންވެސް ޝަޒާދާއަށް އެނގޭނެ އެއީ އަހަރެން ވަރަށްނުރުހޭ ރުޅިއަންނަ ސިފައެއްކަން ..." ޒާހިރު ރުޅިއައީ ޝަޒާދާ އަށެވެ. އެހެންކަމުން އޭނާކުށްވެރި ކުރީވެސް އޭނާއެވެ.

" އެއީ އެވަރުކަމެއްތަ ؟ އެމަންޖެވެސް މިހާރު އެހެރީ ބޮޑުވެތަސައްރަފު ފުދިފަ މަދުރަސާ ނިމެންވެސް ދެންއޮތީ ދެތިންމަސް ދުވަސް، އެމަންޖެއަށްވެސް ކޮންމެވެސް ވަރެއްގެ މިނިވަންކަމެއް އޮންނަން ވާނެއްނު" ޝަޒާދާ ވާހަކަދެއްކީ ގީތާގެ ދިފާއުގައެވެ.

" މިނިވަންކަމޭ ... އެއުމުރުގެ ދަރިއަކަށްދޭ މިނިވަންކަމަކީ އެދަރިއެއްގެ ހަލާކު ... މަދުރަސާ ނިމުނަސް އަދި ނުޖެހެޔޭ މީހުނާ ހިތާވާކަށް " ޝަޒާދާ ގީތާގެ ދިފާއުގައި ވާހަކަ ދައްކާވަރަށް ޒާހިރުގެ ރުޅިއައީގަދަވަމުންނެވެ.

" އަހަރެއް އެހާވަރުން އަޅާނުލީ، އެމަންޖެގެ މޫނުމަތިން މިހާރަކަށް އައިސް އެފެންނަ މާޔޫސީކަން ފިލާތޯ" ޝަޒާދާ ބުންޏެވެ.

" ކޮންވާހަކައެއް، އޭނާ އެހުރިހާ ވިސްނުމެއްވެސް އެވިސްނާ ސަބަބަކީ އެއީ... މިރޭ ޝަޒާދާ އެފިރިހެނަކު މިގެއަށް ވައްދަން ފުރުސަތުދިނީ " ޒާހިރު ބަދިގެތެރޭހުރި ބޮޑުގޮނޑީގައި އިށީދެއްޖެއެވެ. ޝަޒާދާ އުނދުން މައްޗައް އުދާފައިހުރި ގަރުދިޔަތެލި ބާލާއި އެއްފަރާތެއްގައި ބަހައްޓައި އޭގެ ސަރުފޯސް އެޅުމަށްފަހު އައިސް ޒާހިރުއިން ގޮނޑީގެ އަތްގަނޑުގައި ފޫޖެއްސިއެވެ. އެއިރުވެސް އަދި ޒާހިރުގެ ރުޅިމައިތިރިއެއްނުވެއެވެ.

" ކަންބޮޑުނުވޭ ޒާހިރު، އަހަރެމެން ރީތިގޮތުގައި އެމަންޖެއަށް ވިސްނައިދިނީމަ، އޭނާ އެކަން ހުއްޓާލަފާނައޭ. ދެން ހިނގާ ކޮޓަރިއަށް ..." ޝަޒާދާ ޒާހިރުގެ ކޮނޑަށް އަތްވައްޓައިލިއެވެ. ޒާހިރު ތެދިވިއެވެ. ރުޅިއައިސް ރަތްވެފައިހުރެއެވެ. އޭނާ މައިތިރިވީ ކޮޓަރިއަށްވަދެ ޝަޒާދާ ވަރަށްގިނަ ގޮތްގޮތަށް ވިސްނައިދީގެންނެވެ.

" އަހަރެންގެ ހުރިހާވެސް މައްސަލައަކީ ބަދުނާމެއް ބޮލުގައި އަޅާފާނެތީ ... ގްރޭޑް ދިހައެއް ނިންމިޔަސް ޒަމާނަށް ބަލާއިރު އެއީ ވަރަށް ކުޑަކުޑަ މިންވަރެއް؛ އެންމެދަށް ވެގެންވެސް މިޒަމާނު އެގާރަ، ބާރަ ބޭނުން ވާނެ . " ޒާހިރު އެނދުގައި ދެފައިދަމާލާ އޮށޯވެލަމުން ބުންޏެވެ. އެހިނދު ޝަޒާދާގެ މޫނުމައްޗަށް ވެރިވީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެކެވެ. ގީތާއާއި ދޭތެރޭ (މުސްތަގުބަލާއި) ވިސްނާތީއެވެ.

" ރަނގަޅުވާހަކައެއް ޒާހިރު ތިޔަބުނީ ... އަހަރެން މާދަމާ އެކުޅިގަނޑު ހުއްޓުވާނަން ." ހެދުން ބަދަލު ކޮށްގެންއައިސް ޝަޒާދާވެސް އޮށޯވެއްޖެއެވެ.

ކޮޓަރިއަށް ވަދެވުމާއިއެކު ރޮވެންފެށުނު ގޮތަށް އަދިވެސް ގީތާއަށް ރުއިން ހުއްޓައެއް ނުލެވެއެވެ. އޭނާގެހިތަށް ކޮށްފައިވާ އަސަރެއްގެ ބޮޑުކަމުން ދޭތެރެ ދޭތެރެއިން އޭނާއަށް އަޑުވިއްލާވެސް ރޮވެއެވެ. ބޮޑުކޮޓަރިން ފޯނު ރަނގަބީލް ވާއަޑު އިވެންފެށީ އޭނާ އެގޮތަށް ރޮއިރޮއި ހުންނަތާ ގަޑިއެއްހާއިރުފަހުންނެވެ. ގީތާ ނިކަންމަޑު މަޑުންގޮސް ކޮޓަރިންނުކުތެވެ. ފުރަތަމަ އޭނާ ބައްޕައާއި މަންމަ އާއި ދެމީހުންކުރެން މީހަކު ފެންނަންހުރިތޯ ދެކޮޅުހޯދާލިއެވެ. ފޯނުނެގީ އެއަށްފަހުގައެވެ. ފޯނުނަގަން ދިޔައިރުވެސް އޭނާ ހީކުރިގޮތަށް ފޯނުކުރީ އިޔާދެވެ.

" ގީތު ... ބައްޕަ ކީކޭތަބުނީ؟ " އިޔާދު އެއްސެވެ.

" ސީދާ އަހަންނާއި ދިމާއަކަށް ނުބުނޭ ... އެކަމަކު މަންމައާއި ދިމާއަށް ވަރަށް ބާރަށް އަޑުލާއަޑުއިވޭ ." ގީތާ ޖަވާބުދިނެވެ. ވަރަށް މަޑުމަޑުންނެވެ.

" ގީތު ދެރަވެ ހިތާމަނުކުރާތި ... ހިތްވަރުކުރާތި .... މާތްރަސްކަލާނގެ އިރާދަފުޅުން އަބަދުވެސް އަހަރެން ގީތުއާއިއެކުވާނަން ..." އިޔާދު ގީތާއަށް ހިތްވަރުދިނެވެ. އެއިރުވެސް ގީތާގެ ލޮލުން ކަރުނައިގެ އަސަރުފިލައިގެނެއް ނުދެއެވެ.

" ދެންބާއްވަނީ އަދި ބައްޕަމެން ހޭލާއުޅޭނެ އިޔާގުޅިކަން އެގިއްޖެއްޔާ ސަލާމަތްނުވާނެ." ގީތާ ފޯންބޭއްވީ ބާއްވާ ހިތަކުންނޫނެވެ. ކޮޓަރިއަށް ވަދެވުމާއިއެކު އޭނާއަށް އަނެއްކާވެސް ބާރުބާރަށް ރޮއިގަނެވިއްޖެއެވެ. ހިތަށް އަރަމުންދިޔައެވެ. އޭނާއަކީ ކޮންފަދަ ބޮޑު ބަދުނަސީބު ވެރިޔެއްހެއްޔެވެ؟ އެއްކަމެއްވެސް ނަސީބާއި ގުޅިފައި ނުވަނީހެއްޔެވެ؟ އެނބުރޭ ކޮންމެ ދިމާއަކުންވެސް ބިރުވެރިކަމާއި ނައާމާންކަން ފެންނަނީ ކީއްވެބާއެވެ؟ ސަލާމަތުގެ މިނިވަންއައްސޭރި އަކަށްދެވޭނީ ކޮންދުވަހަކުން ބާއްވައެވެ؟ މިފަދަ އެތަށްބައިވަރު ސުވާލުތަކެއް އޭނާއަށް ހިތާއި ހިތާއިކުރެވުނެވެ.

އޭނާ އުއްމީދުކުރެއެވެ. ސަލާމަތްކަމާއިއެކު މިނިވަން އައްސޭރިއަކަށް އިޔާދު އޭނާގެންގޮސްދޭނެއެވެ. މިއޮތްހާދުވަހު ބަރުދާސް ކުރި ހިތްދަތިކަން ފިލާވަރަށް ހިތްހަމަޖެހުމާއި އުފާހޯދަދޭނެއެވެ. އޭނާ އިޔާދާއި ލޯބީގެގެތުމަކުން ގެތުނީ އެފޮނި އުއްމީދުގައެވެ. ކޮޓަރީ ދޮރުހުޅުވިފޭވާންފެށީ އެނާ އެހިޔާލުގައި އޮތްވައެވެ. އޭނާއަށް ދެލޯމަރައިލެވުމާއި ސަލާމަތް އެދި ހިތާއި ހިތާދުޢާކުރެވުނެވެ.

" އާދޭސް ކުރަން .... މިަތަނަށްނުވަދޭ." ރިއިގަންނަމުން ގީތާމޫނުގައި ބާލީސް އެޅިއެވެ. އެއިރު އެމީހަކު އެތެރެއަށް ވަދެއްޖެއެވެ. ހޮޅިގަނޑު ނިވުމާއިއެކު ދެންއިވުނީ ދޮރުތަޅުލެވުނުއަޑެވެ. ގީތާ ރޮމުން ދެފައިކައިރިކޮށްލުމާއިއެކު ބަންޑުންވެލީވެސް އެބިރުވެރިކަމުން ސަލާމަތްވޭތޯއެވެ. ނަމަވެސް އެއީއެއަށް ވުރެން މާއަނިޔާވެރިއެކެވެ. އޭގެސަބަބުންވެސް އިތުރުވީ ކުދި އަނިޔާތަކެވެ. ހަށިގަނޑުގެ ބައެއް ހިސާބުތަކުން ލޭގެއަސަރުވެސް ފާޅުވިއެވެ. އެފަދައަނިޔާތައް އެފަކީރަށް ނުލިބޭރެއެއް މަދުންނޫނީ ނުދެއެވެ.

" މިދުނިޔޭން އަހަންނަށް އޮތީ ކޮންއުފަލެއް ...." ގީތާ ހިތްފުރެންދެން ރުއި، ޖެހިގެން އައިދުވަހު ލީނާގޭގަ ލީނާގެ ކޮޓަރީގައި ހުރެއެވެ. ނަމަވެސް ހުރިހާވާހަކައެއް ލީނާއަކަށްވެސް ކިޔައެއްނުދެއެވެ. ކިޔާދެން ހިތަށް އެރިނަމަވެސް އެބިރުވެރި އިންޒާރު އޭނާއަށް ހުރަސްއަޅައެވެ.

" ދެރަނުވޭ ގީތު، ޒާހިރުބޭ އަށް އަދިވިސްނޭނެ؛ ގީތުއާއި އިޔާދުގެ ގުޅުމަށް ޒާހިރުބޭ ހުރަހެއް ނައަޅާނެ" ލީނާ ގީތާއަށް ހިތްވަރުލައި ދެވޭތޯ މަސައްކަތް ކުރިއެވެ.

" ތިހެންބުނެ އަހަންނަށް ހިތްވަރުނުދީ ލީނު.... ތިޔައީ ދުވަހަކުވެސް ނުވާނެކަމެއް .... " ގީތާ ލީނާގެ ކޮޑުގައި ބޯއަޅައިގެން އޮވެރޮމުންދިޔައެވެ. މަންމައަކީ އޭނާކިތަންމެ އިތުބާރުކުރާ މީހަކަށްވިޔަސް ބައްޕައަކަށް އޭނާއެއްވެސް އިތުބާރެއް ނުކުރެއެވެ.

" ބައްޕައާއި ދެކޮޅަށް ތިގުޅުން ކުރިޔަށް ގެންދާކަށް މަންމައަކަށް ނުފެނޭ، ދަރިފުޅުގެ ބައްޕަބުނީ އެގާރަ ބާރަ ނިމުމަށްފަހު ވަރިހަމަޔޯ ތިފަދަގުޅުމެއް ކުރިޔަށް ގެންދިޔަސް" ޝަޒާދާ ގީތާއާއި ވާހަކަ ދެއްކީ ގީތާ ކޮޓަރިތެރޭ ހުރެއެވެ.

" މަންމާ އަހަރެން އިޔާދާއި ވާހަކަދެއްކިޔަސް އަހަރެންގެ ކިޔެވުމަކަށް ބުރެލެއް ނައަރާނެޔޭ" ގީތާގެ ދެލޮލަށް ކަރުނައިގެ އަސަރުފާޅުވެއްޖެއެވެ.

" އެކަމަކުވެސް ވަރިހަމައޭ ދަރިފުޅާ، ދަރިފުޅުގެ ބައްޕަ އެހާނުރުހޭ ކަމެއް ކުރާކަށް މަންމައަކަށް ނުފެނޭ " ޝަޒާދާ ގީތާގެ ބޮލުގައި ފިރުމައިލިއެވެ.

" އެކަމަކު ... މަންމާ ... އަހަރެން އިޔާދު .... " ގީތާގެ ޖުމްލަ ފުރިހަމަނުވެ ހުއްޓުނީ ދޮރުމަތީގައި ހުރެ ޒާހިރު ކަރުކެހިލި އަޑުއިވުނީމައެވެ.

" ކޮން އިޔާދެއް ... މިޔާދެއް ކިޔާކަށް .... " ޒާހިރު ގީތާއާއި ދިމާއަށް ލޯއަޅައިގަތެވެ. ގީތާއަށް އިސްއޮބައިލެވުނެވެ. " " ހުއްޓާލާ ... ޒާހިރު ... އެމަންޖެ ނުއުޅެޔޭ އިޔާދަކާއި ހެދިއެއް " ޝަޒާދާ ގީތާ ދިފާއުކުރިއެވެ. ގީތާއަށް ރޮއިގަނެވުމާއިއެކު ކޮޓަރިއާއި ދިމާއަށް ހިނގައިގަނެވިއްޖެއެވެ.

" ޒާހިރު ތިގޮތަށް އޭނާގެ ކުރިމަތީގައި އަޑުލީމާ މައިންބަފައިންނާއި ދޭތެރޭ އޮންނަ ލަދުވެތިކަމުގެ ފަރުދާކެހި މައިންބަފައިން މަތިން ފޫހިވާނެ. " ޝަޒާދާ އަކީ ނިކަން ކުޑައިރުއްސުރެންވެސް އައިލީ ދިރިއުޅުން ނުހަނު ރަނގަޅަށް ދަސްކޮށްފައިވާ މީހެއްކަން އޭނާގެ ބަހާއި އަމަލުން ސާބިތުވެއެވެ. ނަމަވެސް ޒާހިރަކީ އައިލީ ރޭވުމާއި ދިރިއުޅުމުގެ މާނަ ދަންނަމީހެއް ކަމަކަށް ގަބޫލެއްނުކުރެވެއެވެ.

" އަހަންނަށް މިހާރު މިގޭތެރޭ މިނިވަންކަމާއިއެކު އަނގައިންވެސް ބުނެލެވޭކަމަށްނުވޭ. އަހަރެން އަނގަހުޅުވާއިރަށް ޝަޒާދާ ތިހުންނަނީ އަހަރެން ހުއްޓުވަން ... އެންމެ ރަނގަޅު . އަހަރެން ދެން ތިކަމާއި ބެހޭގޮތުން ޗުޕްވެސް ނުބުނާނަން. އެކަމަކު ޝަޒާދާވާނެ ތިކުޅިގަނޑު ހުއްޓުވަން " ގަމީހުގެ ގޮށްނައްޓުވަމުން ޒާހިރު ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. ޝަޒާދާގޮސް ވަނީ ގީތާގެ ކޮޓަރިއަށެވެ. އަދިވެސް ގީތާއަށް ނަސޭހަތްތެރިވެ ވިސްނައިދޭށެވެ.

" މަންމާ ... އެކަމަކު .... އަހަރެން އިޔާދުދެކެ ވަރަށް ލޯބިވޭ ... އިޔާދު ދުށުމަށް އެދަތުރަށްފަހު އަބަދުވެސް އަހަރެންގެ ހިތްއެދޭ ... އާދޭސް ކޮށްފަބުނަން މަންމާ އަހަންނަށް ލިބެންއުޅޭ އެކުޑަކުޑަ އުފަލަށް ހުރަސްނައަޅަބަލަ " ގީތާ މޫނުމަތީ ބާލިސް އަޅައިގެންއޮވެ ބާރަށް ރޮމުންދިޔައެވެ. ދަރިފުޅުގެ އެއާދޭހާއި ރުއިން އަޑުއެހުމަކީ ޝަޒާދާގެ މައިލަގޮނޑި އަށް ކެތްކުރެވޭކަމަށްނުވިއެވެ.

" ހުއްޓާލާ ... ދަރިފުޅާ ... މަންމަ ފަހަރެއްގަވެސް ދަރިފުޅުގެ އުފާތަކަށް ހުރަސް އަޅާކަށްނެތިން " ޝަޒާދާ ގީތާގެނެސް އޭނާގެ މޭގައި ލައްކޮށްލިއެވެ.

" މަންމާ ... އަހަރެން ... ވަރަށް .... " ގީތާ ކޮންމެވެސް ވާހަކައެއް ބުނަންއުޅުނެވެ. މިފަހަރުވެސް އޭނާއަށް ހުރަސްއެޅީ އެބިރުވެރިއިންޒާރެވެ.

" ބުނެބަލަ .. ދަރިފުޅު ކީކޭތަބުނަންއުޅުނީ ؟ " ޝަޒާދާ އޯގާތެރރިކާއި ލޯތްބާއިއެކު އެއްސެވެ. އެއާއިއެކު ގީތާގެ ބަޑިފަޅައިގެން ދިއައެވެ. އޭނާއަށް ރަނގަޅަށް ރޮވިއްޖެއެވެ.

" ހިތްވަރެއްނެތް ... މަންމާ ... އިތުރަށް އަހަންނާއި ސުވާލު ނުކުރޭ މަންމާ ." ގީތާގެ ދޫބަންދުވިކަހަލައެވެ. ހަޤީގަތުގައި މަންމައަށް ހާމަކޮށްދޭން ބޭނުން ކިތަންމެ ސިއްރުތަކެއް އޭނާގެ ހިތުތެރޭގައި އެބަހުއްޓެވެ. ނަމަވެސް މަންމަނެނަށް އެސިއްރުހާމަކޮށް ދިނުމަށް އޭނާވަނީ ނުކުޅެދިފައެވެ. އޭނާގެ ހުރިހާވެސް ފިކުރަކީ އާއިލާގެ ސަލާމަތެވެ. އުފަލެވެ.

" އަހަރެންގެ ހުރިހާވެސް އުފަލަކީ ގީތާ ... ގީތާގެ އާއިލާ ކިތަންމެ ނުރުހުނަސް އަހަރެންގެ މިޝަން އަހަރެން ކާމިޔާބު ކުރާނަން." އިޔާދު ވާހަކަދެއްކީ އޭނާގެ ރަހުމަތްތެރިޔާ ފިޔާޒްއާއިއެވެ. އެވެރިންވާހަކަ ދައްކަންތިބީ އަތިރިއަށް އެހެލާފައި އޮތްބާއޮޑިއެއްގެ ތެރޭގައެވެ.

" ކިހިނެއްތަ އެމީހުންގެ ނުރުހުމުގައި ތިގުޅުން ކުރިޔަށް ގެންދާނީވެސް ... " ފިރާޒް އެހިއެވެ.

" އެމީހުން ނުރުހުނަސް، ގީތާ މިގުޅުން ކުރިޔަށް ގެންދަން ހުރިއްޔާ، ހުއްޓުވޭނެ އެއްގޮތެއްވެސް ނޯންނާނެ. " އިޔާދު ހުއްމީދުކަނޑައެއް ނުލައެވެ. އޭނާ ގީތާއަށް އިތުބާރުކުރެއެވެ. އޭނާއަށް ޔަޤީންވެއެވެ. ގީތާ އޭނާދެކެ އިންތިހާއަށް ލޯބިވެއެވެ. ލޯބީގެ މައިދާނުގައި ހަނގުރާމަކޮށް އެހައިފަސޭހައިން ގީތާ ހަތިޔާރެއް ހުބަހައްޓާނެއެވެ. ކާމިޔާބަށް ވާސިލްވެވެންދެން އޭނާ ހަނގުރާމަކުރާނެއެވެ.

" އިހަކަށް ދުވަހުނުކުތް ހަފުތާނޫހެއްގައިވެސް އޮތެއްނު ... ބައްޕަ ވަލީނުދީގެން ދެލޯބިވެރިއަކަށް ނިއިނދެވިގެން އުޅޭވާހަކަ ... އަންހެން ކުއްޖާވެސް، އަދި ފިރިހެން ކުއްޖާވެސް ފިސާރިބޭނުމޭ އިންނަން .... އެކަމަކު އަދިވެސް އެއުޅެނީ އެކައިވެނި ނުވެގެނެއްނު ..." ފިރާޒް މައިންބަފައިންނަށް ލިބިގެންވާ ބާރު އިޔާދަށް ސާބިތުކޮށް ދިނުމުގެ ގޮތުން ބުންޏެވެ.

" ފިރާޒް ... ތިއުޅެނީ އޭއްޗެކޭ، މީއްޗެކޭ ކިޔައިގެން އަހަރެން ނާއުއްމީދުކުރުވަންތަ؟ " އިޔާދު ހުރީ ވަރަށްސީރިޔަސް ވެފައެވެ.

" އެންމެ ރަނގަޅު ... އޭގެ ފަހުން އެއްފަހަރުވެސް ގީތާއާއި ބައްދަލުވެއްޖެތަ؟ " ފިރާޒް އެއްސެވެ.

" ދެފަހަރަކު، އެދެފަހަރުވެސް ގީތާ ވަރަށްރުއި އޭނާއެހުރީ އަހަރެން ބޭނުމިއްޔާ މިރަށްދޫކޮށްފަވެސް ދާން " އިޔާދު ފަހުރުވެރި ރާގެއްގައި ބުންޏެވެ.

" އާނ ... އަހަރެން އިޔާދާއެކު އިޔާދު ބޭނުންތަނަކަށްވެސް ހިގައިދާނަން ، އިޔާދު ... އަހަރެން މިމާހައުލުން ސަލާމަތް ކުރޭ ... " ގީތާ ވާހަކަދެއްކީ އިޔާދާއެވެ. ފޯނުންނެވެ. އެއީ މިހާރު ގީތާގެ އާދައެކެވެ. ގޭގައި މީހަކުނުއުޅޭ ގަޑިބަލައި ފައިއޭނާ އިޔާދަށް ގުޅައެވެ.

" މިދެމަސް ދުވަހަށް ކެތްކުރޭ ، އޭގަފަހުން އަހަރެން ގީތާ ސީދާ އަހަރެންގެ މިލްކަކަށްހެދޭތޯ މަސައްކަތް ކުރާނަން، ހުރަހެއް ނެތިއްޔާ ވަގުތުން ގީތު އަހަރެންގެ އަމިއްލަ މީހަކަށް ހަދާނަން . " ތެދެކެވެ. މިއީ ގީތާގެ ތަޢުލީމީހަޔާތުގެ މުހިއްމުދުވަސް ވަރެވެ. މިދެމަސް ފާއިތުވަންދެން އޭނާކެތްކުރަންވާނެ އެވެ. އެއީ ފަހަކަށްއައިސް ކޮންމެ ދުވަހަކުވެސް އިޔާދު ދޭނަސޭހަތެކެވެ.

" އެކަމަކު އިޔާދު ... ކިހިނެތް އަހަރެން ކެތްކުރާނީ ...." ޒާހިރާއި ޝަޒާދާ ބާޒާރުކޮށްގެން އައިސްވަނީ އެއްވަގުތެއްގައެވެ. ޒާހިރަށް ގީތާގެ އެންމެ ފަހުޖުމްލައިގެ އަޑުއިވުނީ ކަމަށްވެސް ވެދާނެއެވެ. އޭނާގެ ރުޅިވެރިކަން ދިޔައީ އިންތިހާއަށެވެ. އޭނާ އައިގޮތަށް އައިސް ހަޅޭއްލަވައި ގަނެވުމާއިއެކު ގީތާގެ އަތުން ފޯނުޖަހައިގަތުމަށްފަހު ފޯނު ހޫރައިލިއެވެ.

" އަހަރެން ހަމަކިރިޔާ ބޭރަށްޖެހިލާއިރަށް ޖެހޭތަ އެމީހަކަށް ގުޅަން ..." ޒާހިރުގެ އަޑު ގަދަވެފައި ހަރުކަަށްޓެވެ.

" ޒާހިރު މައިތިރިވެބަލަ ..." ޝަޒާދާ ޒާހިރުގެ އަތުގައި ހިފެހޭއްޓިއެވެ. ގީތާ ކަރުނަތައް އެތެރެއަށް ހިންދަމުން ގޮސް ކޮޓަރިއަށްވަނެވެ. ކޮޓަރިއަށްވަދެ އޭނާވަރަށް ރުޔެވެ. އެންމެފަހުން ރޮމުން ރޮމުން ވަރުބަލިކަން އިހްސާސް ވުމާއިއެކު އޭނާއަށް ނިދުނީ އެވެ. އޭނާއަށް އެރޭ ހޭލެވުނީ އާންމުކޮށްކުރެވޭ އިހްސާސް އޭނާއަށް ކުރެވިގެނެވެ. ކޮންމެވެސް މީހަކު ފޭރާމެއްގެ ހުރަހެއްނެތި އޭނާގެ ހަށިގަނޑުގައި ބީހެނީއެވެ. އެއިހްސާސްއާއިއެކު އޭނާ ފުއްމައިގެން ތެދުވެ ހަޅޭލަވައިގަތެވެ. ނަމަވެސް އެއީ ވަރަށް ހުށިހާރު މީހެކެވެ. އޭނާ ގީތާގެ އަނގަމަތީގައި އަތްއެޅުމަށްފަހު ކުރިއަށްވުރެވެސް ގީތާއާއި ގާތްވެއްޖެއެވެ.

" ދޫކުރޭ ... އަހަންނަށް ތިހެންނަހަދާ .... އަހަރެންމީ ތިބައްޕަގެ ދަރިއެއްނޫންތަ؟ " ގީތާ ރޮމުން ޒާހިރުގެ ކިބައިން ސަލާމަތްވޭތޯ މަސައްކަތް ކުރަމުން ދިއައެވެ. ނަމަވެސް އެރަހުމުކުޑަ ލަދުވެތިކަމުގެ ކަންފުޅެއްވެސް ނެތްވަހުޝީ އިންސާނާގެ ވަހުށީކަން އެއީ އިންތިހާއެވެ.

" ބައްޕާ ... އާދޭސް ކުރަން .... " ގީތާ ގައިގައި ހުރިނަމަ ހުރިހާ ބާރެއްލާފައި ޒާހިރުގެ ދެކޮޑުގައި ހިފައި ކޮއްޕައިލިއެވެ. ޒާހިރަށް އޮވެވުނީ އެކަމަށް ވިސްނައިގެން ނޫންކަމުން އެބާރުމިނުގައި ޒާހިރަށް ބިންމައްޗަށް ވެއްޓުނެވެ. ވީތަދާއިއެކު އޭނާ ދެލޯ އަނގުރުކޮޅެއްހެން ހަދައިގެން ފުއްމައިގެން ތެދުވެ އަނެއްކާވެސް އެނދުމައްޗަށް ޖެހިގަތެވެ. ހީވޭ ލެޔަށް ދަހިވެތިވެފައިވާ ޑުރެކިއުލާއެއްހެނެވެ. ގީތާ އެނދުން ތެދުވެގެން ދުއްވައިގަތީ ކޮޓަރިން ނުކުންނާށެވެ. ނަމަވެސް ގީތާއަށް ދޮރުހުޅުވުމުގެކުރިން ޒާހިރު ގީތާ ހިފެހެއްޓިއެވެ. ނިކަން ބާރަށެވެ. ގީތާގެ އަތަށް ނިކަން ތަދުވެސްވިއެވެ.

" ބައްޕާ ... ހެޔޮނުވާނެ... ތިޔައީ އިންސާނެއްތަ؟ ..." ގީތާ ގިސްލަގިސްލާފައި ރޮމުން ޒާހިރުގެ އަތުތެރޭން ސަލާމަތްވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.

" ކަލެއާއި ކަލޭގެ މަންމަގެ ފުރާނެބޭނުމިއްޔާ އަހަރެންގެ އުފާތަކަށް ހުރަސްނައަޅާ އޮވޭ. ..." ޒާހިރު ބިރުވެރި އިންޒާރަކާއި ގީތާ އެނދާއި ދިމާއަށް ކޮއްޕައިލިއެވެ. ގީތާ އުއްޑުން އެނދުމައްޗަށްވެއްޓުނެވެ. އެއިރުވެސް އެވަހުށީ އިންސާނާގެ އެންމެ ނިވާ ފަށެއްވެސްނެތެވެ. އޭނާ ބޭނުންވަނީ އޭނާގެ އުފަލާއި ހިތްހަމަޖެހުން އަމިއްލަ ދަރިފުޅުގެ ކިބައިންވެސް ލިބިގަންނާށެވެ. ބަލާބެލުމަށް މަޑުމައިތިރި ހިތްހެޔޮމީހެއްގެ ގޮތުގައި ސިފަކުރެވުނަސް އެއީ އިންސާނުން ބާކިވެފައިވާ ކުކުޅު ހާލުގެ މިސާލުގެ މީހެކެވެ. އޭނާ އެނދުމަތީގައި ރޮއި ރޮއި އޮތް ގީތާއާއި ދިމާއަށް ދެލޯވަށްގޮށްގެން ބަލަން ހުރެފައި އަނެއްކާވެސް ގީތާގެ މައްޗަށް ޖެހިގަތެވެ. ވީތަދާއިއެކު އޭނާއަށް ގީތާގެ ގައިން ދޫކޮށްލެވުނެވެ. އެފުރުސަތުގައި ގީތާ ދުވެފައިގޮސް ކޮޓަރިން ނުކުމެއްޖެއެވެ. އެއިރު އެފަކީރު ލައިގެންހުރި ޓީޝާޓްގެ ބޮޑުބައެއްވަނީ ވީދިފައެވެ. ލައިގެންހުރި އިސްކާޓްވެސް ވަނީ އިރައިގެންގޮސްފައެވެ.

" މަރާލިޔަސް ވަރިހަމަ ... މާދަމާ މަންމަ ގާތު ހުރިހާވާހަކައެއްވެސް ކިޔާދޭނަން ..." ގީތާ މުންޑު ބޮލުންވައްޓަމުން އޭނާގެ ފަހަތުން ނުކުތް ބައްޕަ އާއި ދިމާއަށް ފުރަތަމަ ފަހަރަށް އިންޒާރުދިނެވެ.

" ކަލެއަށް ކަލޭގެ މަންމަގާތު ބުނެވޭނީ ކަލެއަށް ސަލާމަތުން މަންމަގެ ގާތަށްދެވި ގެނެއްނޫން. ... އަހަރެން ، އަހަރެން ބޭޒާރުވެ ބަދުނާމް ވިޔަކަނުދޭނަން ...." ޒާހިރު ބޮޑުކޮޓަރީގައި ހުރި ކަބަޑެއް ހުޅުވައިލުމަށްފަހު އޭގެތެރޭން ދިހައިންޗިއަށް ވުރެން ކުރުނޫން ވަޅިއެއް ނަގައިފިއެވެ.

ގީތާ ރޮމުން ސަލާމަތަށް އެދިގޮވަމުން ގެއިން ނުކުމެގެން ދުއްވައިގަތެވެ. މުންޑު އަރުވާޖަހައިގެން ޒާހިރު އެނިކަމެތި އަންހެން ކުއްޖާގެ ފަހަތުން ދުއްވައިގަތެވެ. އޭނާއައިސްފައިވަނީ އަމަށަކުރުޅިއެއް ނޫނެވެ.

" މަޑުކުރޭ ، މަޑުނުކޮށް ފިއްޔާ ވަޅި ހޫރާނަން ... " ޒާހިރު އުޅުނީ ގީތާ ހުއްޓުވާށެވެ. ނަމަވެސް ގީތާއެއަޑު އިވޭކަމަށްވެސް ނަހަދާ ދުވަމުންދިއައީ އެއަނިޔާވެރި ވަހުޝީ ބައްޕަގެ ކިބައިން ސަލާމަތްވޭތޯ ހިތާއި ހިތާއި ދުޢާޢުވެސް މުރަމުންނެވެ.

" މުޑުދާރު މީހާ ، އަހަރެންގެ ފަހަތުން ނައާދޭ .... އަހަރެންގެ ފަހަތުން ނައާދޭ ...." ގީތާ ދުވަމުން ދިއައީ ރޮމުން ކޮށިއަރަމުންނެވެ. އޭނާއަތުވޭތޯ ޒާހިރު މޮޔައެއްހެން ވަޅިހޫރަމުންދެއެވެ. ގީތާ ދުވަމުން ދުވަމުންގޮސްވަނީ އަނދިރިކަން ވެރިވެފައިވާ ވަލުތެރެއަށެވެ. އެހިސާބުން ޒާހިރަށް ގީތާގެ ފަސްވެސް ގެއްލުނެވެ. ޒާހިރު މާޔޫސްވިއެވެ. އޭނާ ގީތާ ގެއްލުނުދިމާ އިރުކޮޅެއްވަންދެން ހޯދަންހުރެފައި ގެއާއިދިމާލަށް ހިނގައިގަތީ އެހެން ހިޔާލުއެއް އޭނާގެ ސިކުނޑިއަށް ފައިދާވީމައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން