ކުރީ އަހަރުގެ ޖޫން މަހާ އަޅާ ބަލާއިރު މި އަހަރުގެ ޖޫން މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އާއްމުކޮށްފައިވާ ޖޫން މަހުގެ ފަތުރުވެރިންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެގޮތުން ތަފާސްހިސާބުތައް ދައްކާގޮތުން އެ މަހު 123،284 ފަތުރުވެރިން އަައިސްފައި ވެއެވެ. އެއީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާކިޔާއިރު 3،000 އެއްހާ މީހުންގެ އިތުރުވުމެކެވެ.

މި އަހަރުގެ ޖޫން މަހު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި ގައުމުތަކުގެ ތެރޭގައި ޗައިނާ، ރަޝިޔާ އަދި އިންޑިއާ ހިމެނެއެވެ. މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ ޗައިނާއިންނެވެ. އެ ގައުމުން އެކަނި ރާއްޖެއަށް 20،036 ފަތުރުވެރިން އައިސްފައި ވެއެވެ. އަދި ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ ރަޝިޔާއިންނެވެ. އެގައުމުން ރާއްޖެއަށް 14،865 ފަތުރުވެރިން އައިސްފަައިވާއިރު، ތިންވަނައަށް އެންމެ ގިނައިން ފަތުރުވެެރިން އައި އިންޑިއާއިން 10،017 ފަތުރުވެރިން އައިސްފަައި ވެއެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެއް މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. މި އަހަރު ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނައީ އަންހެނުންނެވެ. އެއީ 540،139 އަންހެން ފަތުރުވެރިންނެވެ. އަދި ފިރިހެން ފަތުރުވެރިންގެ ގޮތުގައި 475،390 ފަތުރުވެރިން އައިސްފައި ވެއެވެ.

ރާއްޖެއަށް މި އަހަރު ކަނޑު މަގުން ނުވަތަ ކްރޫޒް ލައިނާ މެދުވެރިކޮށް 6،992 ފަތުރުވެރިން އައިސްފައި ވެއެވެ.

މިހާރު ރާއްޖޭގައި 174 ރިސޯޓް އޮޕަރޭޝަނަށް ގެނެސްފައިވާއިރު، 14 ހޮޓަލެއް ހިންގަމުން ދެއެވެ. އަދި 865 ގެސްޓް ހައުސް އޮޕަރޭޝަނަށް ގެނެސްފައިވާއިރު، 152 ސަފާރީ އޮޕަރޭޓް ކުރަމުން ދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން