ބާ ކައުންސިލުން ބަންޑާރަ ނައިބު ވަކިކުރުން ރަނގަޅު ނޫން ކަމަށް މާމިނގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިމްރާހިމް ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ހުސެއިން ޝަރީފް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް މިއަދު ކުރި ބަހުސްގައި ގާސިމް ވަނީ އެ ބިލުގައި ބާ ކައުންސިލްގެ އެގްޒެކިއުޓިކް ކޮމިޓީގައި ބަންޑާރަ ނައިބު ނުހިމެނޭ ގޮތަށް ހިމަނާފައިވާތީވެ ފާޑު ވިދާޅުވެފަ އެވެ.
އެ ބިލުގައިވާ ގޮތުން އެ ކޮމިޓީގައި ތިއްބަވާ މެމްބަރުން ދެން ހޮވާނީ ވަކީލުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުން ނެވެ.
ނަމަވެސް ގާސިމް އެކަން ސިފަކުރެއްވީ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު އަސާސީން ލިބޭ ބާރުތައް ކުޑަކުރުމުގެ ނިންމުމެއްގެ ގޮތުގަ އެވެ. އަދި މިއީ ރަނގަޅު ނިންމުމެއް ނޫން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އަސްލު ބޭނުންވަނީ އިހުލާސްތެރިކަން ކަމަށާއި ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުޅަކު ނުފޫޒު ފޯރުވަން ބޭނުން ނަމަ ކޮންމެ ގޮތަކުން ވެސް ނުފޫޒުފޯރުވާނެ ކަމަށެވެ.
"އެމަނިކުފާނަށް މަތިކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްތުތައް ކުޑަކޮށް ނިންމާލުމަކީ މަޖިލީހުން ބާރުވެރިކަން ހޯދުމުގައި، ލޯބީގެ ކަތުރަކުން ކަފާލަން ވިސްނުމަކީ އެއީ އެއްގޮތަކަށްވެސް އަދި ރަނގަޅު ގޮތެއް ނޫނޭ. ލޯބީގެ ކަތުރަކުން ކަފާލުމަކީ އަދި އިސްލާހެއް ނޫން." ގާސިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު