ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ ޖޮބް ސެންޓަރުގެ ހާލަތު ބެއްލެވުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ލ. އަތޮޅަށް ވަޑައިގެންފި އެވެ.

މި ޖުލައި މަހުގެ 23 ވަނަ ދުވަހުން 25 ވަނަ ދުވަހަށް ރޭވިފައިވާ މި ދަތުރުފުޅުގައި، މިނިސްޓަރ ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވަނީ ލ. ގަން އަދި ލ. ފޮނަދޫ އަށެވެ.

މި ދަތުރުފުޅުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި މިނިސްޓްރީގެ ދަށުން ހިންގާ ޖޮބް ސެންޓަރުތަކަށް ޒިޔާރަތް ކުރައްވައި، އެ ސެންޓާރުތަކުގެ ހާލަތު ބައްލަވައި، ލ. އަތޮޅުގައި ހުރި މަތީ ތައުލީމު ދޭ އިދާރާތައް ކަމުގައިވާ ގައުމީ ޔުނިވާސިޓީ އަދި އިސްލާމިކް ޔުނިވާސިޓީގެ ކެމްޕަސްތަކަށް ޒިޔާރާތްކުރެއްވުން ހިމެނޭ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

އޭގެ އިތުރުން، މާރިޔާގެ މި ދަތުރުފުޅުގައި ލ. އަތޮޅު ކައުންސިލާއި، ލ. ފޮނަދޫ އަދި ލ. ގަން ކައުންސިލަށް ޒިޔާރާތްކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މިނިސްޓަރ ކައުންސިލުތަކާއި ބައްދަލުކުރައްވަނީ ލ. އަތޮޅަށް ޙާއްސަކޮއްފައިވާ ވަޢުދުތަކުގެ ތެރެއިން، ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާ ގުޅުންހުރި މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން