މިނިސްޓަރު އަމީން -
މިނިސްޓަރު އަމީން -
ގަރާޖެއްނެތި ދައުރުވަމުންދިޔަ ގަރާޖު ސިޓީތަކުގެ ބޭނުމެއް މިހާރު ނުހިފޭނެކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

އަމީން މިހެން ވިދާޅުވީ, މާލެ ފަހި މިނަމުގައި މިރޭ ސަރުކާރުން އިފްތިތާހުކުރި ޕްރޮގްރާމް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިރޭގެ ޖަލްސާގައި އަމީން ވިދާޅުވީ, މާލެ ފަހި ޕްރޮގްރާމް ވެގެންދާނީ ދަތުރުފަތުރާއި ގުޅޭ ގިނަ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ޕްރޮގްރާމަކަށް ކަމަށެވެ.

އެގޮތުން, ޒަމާނުއްސުރެ ހައްލުނުވެ އޮތް ގަރާޖު ސިޓީގެ މައްސަލައާއި ޑޮމެއިންތަކުގެ މައްސަލައަށް މި ސަރުކާރުން ހައްލު ގެނެސްދެއްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ގަރާޖެއްނެތި ދައުރުވަމުން ދިޔަ ގަރާޖު ސިޓީތައް މިހާރު ވެސް ބޭނުން ނުކުރެވޭ ގޮތް ހަދާފައިވާނޭކަމަށް އޭނާ ވިދާޅުވިއެވެ.

“ގާނޫނާއި ގަވާއިދުތަކާއި ހިލާފަށް ބޭނުންކުރަމުންދާ ޑޮމެއިންތަކަށް ހައްލެއް ހޯދައިދޭންޖެހޭ. މައްސަލަ ޖެހި ހައްލުނުކުރެވިވާ ގިނަ ޑޮމެއިންތަކަކީ ޒިންމާ އުފުލަންތިބި ބައެއްގެ އިހުމާލު.” މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ޑޮމެއިންގެ މައްސަލައަށް ވެސް ވަރަށް އަވަހަށް ހައްލެއް ހޯދައިދެވޭނެ ކަމަށެވެ. އަދި އަތުން ފޮތްފޮތުގައި ލިޔުމުގެ ބަދަލުގައި ސިސްޓަމެއް ބޭނުންކޮށްގެން އެކަން މެނޭޖު ކުރެވޭނެގޮތް ހައްދަވާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި އަމީން ވަނީ އޮޓޯމޮބައިލް ވިޔަފާރި ކޮންޓްރޯލް ކުރުމާއި ގުޅޭގޮތުން ވެސް ވާހަކަ ދައްކަވާފައެވެ. އޭނާ ވިދާޅުވީ, އެ ވިޔަފާރިއަކީ ވެސް މޮނިޓަރ ކުރެވިގެން ކުރެވޭ ވިޔަފާރިއަކަށް ހައްދަވާނެކަމަށެވެ. އަދި އެކަމަށްޓަކައި ގާނޫނުތަކާއި ގަވާއިދުތަކަށް އިސްލާހު ގެންނަވާނެކަމަށް އޭނާ ވިދާޅުވިއެވެ.

“ގޯސްވަމުންދިޔަ ހާލަތަށް ބެލުމެއްނެތި ވިޔަފާރިކުރާ ބައެއް ފަރާތްތަކުން ހިތުހުރި ވަރަކަށް އުޅަނދުތައް އެތެރެކޮށްގެން ވިޔަފާރިކޮށް މަންފާ ހާސިލު ކުރުމަށް ކޮންޓްރޯލެއްނެތި މަގުފަހި ކުރުވާފައި އޮތުމަކީ މި މައްސަލަ ހައްދުން ނެއްޓި ހައްލުކުރަން ދަތިވާ ހިސާބަށް ދިޔަ މައިގަނޑު އެންމެ ބޮޑު ސަބަބު.” މިނިސްޓަރު ވިދާޅުވިއެވެ.

މާލޭ ފަހި ޕްރޮގްރާމްގައި ހިމެނޭ މައިގަނޑު ތިން ބަޔަކީ, ވެހިކަލް ރަޖިސްޓްރީ ކުރުމުގެ ކަންކަން ގާނޫނާއި ގަވާއިދުގެ ތެރެއަށް ފެއްތުމާއި އެތެރެކުރެވޭ ވެހިކަލް ކޮންޓްރޯލް ކުރުމާއި ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް އިތުރަށް ހަރުދަނާ ކުރުމާއި އަދި މަގުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން