މަލޭ މަގަކުން ވެމްކޯއިން ކުނި ނަގަނީ —
މަލޭ މަގަކުން ވެމްކޯއިން ކުނި ނަގަނީ —
މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި ސަރުކާރުން ބައެއް ފިޔަވަޅުތައް އަޅަން ނިންމައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ މިރޭ ބޭއްވި މާލެފަހި ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކުރި ގޮތުގައި, މިއަންނަ މަހުން ފެށިގެން މާލޭގެ މަގުތަކުން ކުނިނެގުން ކުރިއަށް ގެންދާނީ ރޭގަނޑު ދިހައަކުން ފަތިހު ފަހަކާއި ހަމައަށެވެ. އަދި ވަކި ސައިޒަކަށް ވުރެ ބޮޑެތި ވެހިކަލް ބޭނުންކޮށްގެން މުދާ އުފުލާނެ ގަޑިތަކެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ރޭގަނޑު އަށަކުން ފަތިހު ފަހެއްޖެހުމާއި ހަމައަށެވެ.

މީގެ ކުރީގައި ބޮޑެތި ވެހިކަލްތަކުގައި މުދާ އުފުލުމަށް ގަޑިތަކެއް ކަނޑައަޅަނީ ހަމައެކަނި ރަމަޟާން މަހަށެވެ. ނަމަވެސް އޭގެ ސަބަބުން މަގުތަކުގައި ހިނގާބިނގާވާ ފަރާތްތަކަށް ވަރަށް ބޮޑެތި ފަސޭހަތައް ލިބިގެން ދެއެވެ.

މިރޭ އިފްތިތާހުކުރި މާލެފަހި ޕްރޮގްރާމްގެ ދަށުންވަނީ އެއްގަމު އުޅަނދު ދުއްވުމުގެ ކަންކަމަށް ހައްލު ބޭނުންވެފައިވާ ގިނަ ކަންތައްތަކަށް ހައްލު ގެނައުމަށް އަމާޒު ހިފާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން