ދެދުނިޔޭގައިވެސް ބާއްޖަވެރިކަން ހޯދަން ބޭނުންވާނަމަ ޛިކުރު ކުރުން މަތީ ދެމިހުރުންނަން ޖެހޭ- ގޫގުލް ޕޮޓޯސް
ދެދުނިޔޭގައިވެސް ބާއްޖަވެރިކަން ހޯދަން ބޭނުންވާނަމަ ޛިކުރު ކުރުން މަތީ ދެމިހުރުންނަން ޖެހޭ- ގޫގުލް ޕޮޓޯސް
ދެދުނިޔޭގައިވެސް ބާއްޖަވެރިކަން ހޯދަން ބޭނުންވާނަމަ މާތް ﷲ މަތިން ހަނދުމަފުޅުކޮށް ޛިކުރު ކުރުން މަތީ ދެމިހުންނަން ޖެހެއެވެ. މިއީ އަޅުގަނޑުމެން މުސްލިމުންނަށް އެންމެ ފަސޭހައިން ޘަވާބާއި ދަރުމަ ހޯދުމަށް އޮތް މަގު ވެސްމެއެެވެ.

މާތް ﷲ އަށް ހަނދުމަކުރުމަށްޓަކައި ކިޔާ ޛިކުރުތަކަކީ ކޮންމެ ހާލަތެއްގައިހުރެވެސް ވަރަށް ފަސޭހަކަމާއެކު ކިޔޭނެ ޛިކުރުތަކެވެެ. އަދި މި ޛިކުރުތައް ކިޔުމުގައި ދެމިތިބެވޭނަމަ އެކަމުގެ ސަބަބުން ގިނަގުނަ ޘަވާބާއި ދަރުމަ ހާސިލް ކުރެވި، މީހާގެ ހިތަށް އުފާވެރިކަން ލިބި މޫނުމަތި އުޖާލާވެސް ވެގެން ދެއެވެ.

މާތް ﷲ އަށް ހަނދުމަފުޅު ކުރުމަށްޓަކައި ކިޔޭނެ އެތައް ޛިކުރުތަކެއް ވެއެވެ. އެގޮތުން ތިރީގައި މި ހިމަނާލަނީ އެ ޛިކުރެއް ކުރުމުން އެތައް ކަމެއް ހާސިލްވާނެ އެއް ޒިކުރެވެ.

( لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ )

މާނަ: "ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއް ވެވޭ އެހެން އިލާހެއް ނުވެއެވެ. އެކަލާނގެއީ އެކަލާނގެއަށް ޝަރީކަކުނުވާ އެއްކައުވަންތަ ކަލާނގެއެވެ. އެންމެހާ އެއްޗަކާއި ކަމެއް މިލްކުވެވޮޑިގެން ވަނީ އެކަލާނގެއަށެވެ. އަދި އެންމެހާ ޙަމްދެއް ވަނީ އެކަލާނގެއަށެވެ. އަދި އެކަލާނގެއީ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ކަލާނގެއެވެ."

މި ޛިކުރު ގަވާއިދުން ކުރާ މީހާއަށް ވަރަށް ގިނަ ކަންތައްތައް ހާސިލް ވާނެއެވެ. މި ޛިކުރުގެ މާނައާމެދު ފުންކޮށް ވިސްނާލުމުން މާތް الله އަކީ އެއްކައުވަންތަ، ޚާލިގުވަންތަ އިލާހުކަން ހާމަވެއެވެ. އަދި މިއީ އެކަލާންގެ އަށް ހަމްދު ޘަނާ ދެެންނެވުމުގެ ގޮތުން ކުރާ ޛިކުރެއް ކަންވެސް އެނގެއެވެ.

މި ޛިކުރު ކޮންމެ ދުވަހަކުވެސް ހެނދުނު 100 ފަހަރު އަދި އަދި ހަވީރު ހަތަރު ފަހަރު ކިޔޭތޯ ބަލާށެވެ. އަދި މިވަރު ނުވާކަމުގައިވަނީނަމަ ދުވާލުގެ ވަގުތުގައު 100 ފަހަރު ކިޔޭތޯ ބަލާށެވެ. އަދި މިވަރުވެސް ނުވާނަމަ ފަތިސް ނަމާދުގެ ފަހުންނާއި މަޤްރިބް ނަމާދުގެ ފަހުން 10 ފަހަރު ކިޔޭތޯ ބަލާށެވެ. އަދި މިވަރު ނުވާނަމަ ދުވާލަކު 10 ފަހަރު ކިޔޭތޯ ބަލާށެވެ. މިވަރުވެސް ނުވާކަމުގައިވާނަމަ ހެނދުނާއި ހަވީރު އެއްފަހަރުވިޔަސް މި ޛިކުރު ކިޔޭތޯ ބަލާށެވެ!

މި ޛިކުރު ކިޔުމުގެ އެކި މިންވަރުތައް ދަލީލުތަކުގައި އައިސްފައިވަނީ މި ޛިކުރު ކިޔުމުގެ މާތް ކަމާއި މަތިވެރިކަން އަޅުގަނޑުމެންނަށް އެންގުމުގެ ގޮތުންނެވެ. އަދި ހަމަ އެހެންމެ މި ޛިކުރު ކުރުމަށް ބާރު އެޅުމުގެ ގޮތުން ވެސް މެއެވެ. ވީމާ އަޅޔގަނޑުމެން ދިރިއުޅުމުގެ އެކި ކަންކަމުގައި ކަތައްމެ ބުރަކޮށް އުޅެންޖެހުނު ކަމުގައި ވިޔަސް ދުވަހުގެ ކޮންމެވެސް ވަގުތެއްގައި މި ޛިކުރު ކިޔޭތޯ ބަލާށެވެ. ސަބަބަކީ މި ޛިކުރު ކިޔުމުން ގިނަގުނަ ޘަވާބާއި ދަރުމަ ހާސިލްވާނެތީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން