މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ އިސްވެރިން
މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ އިސްވެރިން
ހިލޭ ޑިގްރީއަށް ކިޔަވައިދިނުމުގެ ޕްރޮގްރާމަށް މިހާތަނަށް 135.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ ހިލޭ ޑިގްރީ ކިޔަވައިދިނުމުގެ ޕްރޮގްރާމްގެ ދަށުން 6155 ދަރިވަރަކަށް މިހާތަނަށް 135.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އަދި މަތީ ތައުލީމްގެ އެކި ފުރުސަތުތައް ފަހިކޮށްދިނުމަށް މިހާތަނަށް 340 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ކުރި ޓްވީޓެއްގައި ވަނީ، "ދިވެހިންނަކީ ތައުލީމީގޮތުން ކުރިއަރާފައިވާ ގާބިލް ބަޔަކަށް ހެދުމަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުން. ބަޖެޓުގެ ބޮޑު އިންސައްތައެއް ތައުލީމީ ދާއިރާއަށް ހާއްސަކޮށްފައި ވަނީ ވެސް މި ސަބަބަށްޓަކައި،" ކަމަށެވެ.



ސްޓޫޑެންޓް ލޯނާއި ސްކޮލަޝިޕްގެ އެކި ފުރުސަތުތައް ފަހިކޮށްދިނުމަށް ވެސް މިހާތަނަށް 205.2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައި ވެ އެވެ. ސްޓޫޑެންޓް ލޯނު 763 ދަރިވަރަކަށް ދީފައިވާއިރު، ސަރުކާރުން 272 ދަރިވަރަކަށް ސްކޮލަޝިޕް ދީފައި ވެ އެވެ. އެ ފުރުސަތުތަކަށް، ނޮވެމްބަރު 2018 އިން ފެށިގެން މިހާތަނަށް 341 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

ކޯވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ ގޮންޖެހުންތަކާ އެކު ވެސް، މަތީ ތައުލީމް ހާސިލްކުރަން ސަރުކާރުން ދޭ ފުރުސަތުތައް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ ވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ އިޤްތިޞާދީ ގޮތުން ކިތަންމެ ބޮޑު ދަތިކަމެއް ކުރިމަތިވީ ކަމުގައި ވީ ނަމަވެސް މަތީތަޢުލީމުގެ ފުރުސަތު މިސަރުކާރުން ދަރިވަރުންނަށް ފޯރުކޮށްދޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން