ދިވެހި ގައުމިއްޔަތާ ގުޅޭ ގޮތުން އިލްމީ ދިރާސާތައް ކުރުމަށް ކޮލެޖެއް އުފައްދަން ނިންމައިފި އެވެ.
މި ސަރުކާރުން ވެރިކަމަށް އައުމަށް ފަހު ގައުމިއްޔަތަށް ހާއްސަ އިސްކަމެއް ދޭން ފަށާފައިވާ އިރު ރޭ އެސްއެސް ޓީވީން ގެނެސްދިން ޕްރޮގްރާމްގައި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވަނީ ގައުމިއްޔަތާ ގުޅޭ ގޮތުން ކޮލެޖެއް އުފައްދަން ނިންމިކަން އިއުލާން ކުރައްވައިފަ އެވެ.
މިނިސްޓަރު ވިދާޅުވީ އެ ކޮލެޖު އުފައްދާނީ "ދިވެހި ގައުމިއްޔަތުގެ އިސްވަރު"ގެ ނަމުގައި ކަމަށެވެ.
ކޮލެޖާ ގުޅޭ ގޮތުން އިތުރު ތަފްސީލު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މިއީ ރާއްޖޭގެ އެހެނިހެން ކޮލެޖުތަކުގައި ކިޔަވައިދޭ ގޮތަށް ކިލާސްތައް ބާއްވައިގެން ކިޔަވައިދޭ ކޮލެޖެއް ނޫން ކަމަށެވެ.
އަދި އެ ކޮލެޖުގައި ރާއްޖޭގެ ސަގާފަތާ ގުޅޭ ގޮތުން ތަފާތު އެކިއެކި ދިރާސާތައް ކުރާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެ ކޮލެޖުގައި ތިއްބަވާނީ އެކި ދާއިރާތަކުން، އެކި ރޮގުރޮގުން ރާއްޖެ ދެކެފައިވާ ހަރު ބޭފުޅުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު