ޕީއެސްއައިޕީގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކައުންސިލްތައް އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކަމަށް ސިޓީތަކާއި ލޯކަލް ގަވާމަންޓްއާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.
ރޭ ޕީއެސްއެމްއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކައުންސިލްތަކުގެ ތެރެއިން ޕީއެސްއައިޕީގައި ހިމެނެނީ 55 ކައުންސިލް ކަމަށެވެ.
ހަމަ އެހެންމެ ބަޖެޓުގައި ޖަހާފައި ހުރި އަދަދަދީ ކައުންސިލްތަކުގެ ޕްރޮޖެކްޓްތައް ހިންގޭވަރުގެ ފައިސާއެއްވެސް ނޫން ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އެހެންވެ މިނިސްޓަރު ވިދާޅުވީ އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ.
"އެހެންވެ ރައީސުލްޖުމްހޫރިއްޔާ ނިންމެވީ ކައުންސިލްތައް އެޅުމުގެ މަސައްކަތް ޕީއެސްއައިޕީ ޕްރޮޖެކްޓް ތެރޭގައި ހުރި ބައިތައްވެސް ހަމަ މިހާރުން މިހާރަށް ކޮންޓްރެކްޓާ ފައިނޭންސްގެ ދަށުން ކުރިއަށް ގެންދާ ގޮތަށް. އެ ނިންމެވުމާ އެކީ ހަމަ މި ހަފްތާގައި ފިނޭންސް މިނިސްޓްރީއާއެކީގައި މަސައްކަތް ފައްޓާނަން. އަދި ފިނޭންސް މިނިސްޓްރީން ތައްޔާރުވާން ޖެހޭ ކަންތައްތަކަށް ތައްޔާރުވެވަޑައިގަތުމަށް ފަހުގައި ދެން ކޮންޓްރެކްޓާ ފައިނޭންސްގެ ދަށުން އެކަން ކުރާނެ ފަރާތްތައް އޮންނަ އިޖުރާތްތަކާއެކު ކުރިއަށް ގެންދާނެކަމަށް އަޅުގަނޑުމެން މި ބަލަނީ" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ އަމާޒަކީ ކައުންސިލްތަކުގެ އޮފީސް އިމާރާތައް އެޅުމުގެ މަސައްކަތް މި އަހަރު ފެށުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު